އިޒްރޭލުގެ ޔަހޫދީ ޖަމާއަތުގެ އިސް މެންބަރެއް އިންސާނީ ވަގުފާރީގެ ކުށުގައި ހައްޔަރުކޮށްފި

އިޒްރޭލުގެ ޔަހޫދީ ޖަމާއަތެއް ކަމަށްވާ ލެވް ޓަހޯރުގެ އިސް މެންބަރެއް، އިންސާނީ ވަގުފާރީގެ ކުށުގައި އިންޓަޕޯލްގެ އޮފިޝަލުން ގުއަޓެމާލާގައި ހިފަހައްޓައިފިއެވެ. މި ޖަމާއަތުން ކުޑަކުދިން ޖިންސީ ވިޔަފާރީގެ ބޭނުމަށް އިޒްރޭލަށާއި މުއްސަނދިންނަށް ފޯރުކޮށްދެމުން އަންނަ ކަމަށް ތުހުމަތުކުރެވެއެވެ.

ހައްޔަރުކުރެވުނު ފަރާތަކީ 35 އަހަރުގެ އިޒްރޭލު ރައްޔިތެއް ކަމަށްވާ ޔޮއެލް އަލްޓަރ ކަމަށް އިންޓަޕޯލް އަދި ގުއަޓެމާލާގެ ފުލުހުންގެ މައުލޫމާތުގައިވެއެވެ. އަލްޓަރ އަކީ މެކްސިކޯގައިވެސް އިންސާނީ ވަގުފާރީގެ ތުހުމަތުގައި ހޯދަމުންދާ މީހެއްކަން ފާހަގަކޮށްފައިވެއެވެ.

ލެވް ޓަހޯރު ޖަމާއަތަކީ މެދުތެރޭ އެމެރިކާގައި ޖިންސީ ވިޔަފާރިއަށް ކުދިން ހޯދައިދިނުމުގައި ނަން މަޝްހޫރުވެފައިވާ ޖަމާއަތެކެވެ. ފާއިތުވި ޑިސެމްބަރު މަހު ގުއަޓެމާލާގެ ފުލުހުން ވަނީ އިޒްރޭލަށް ގެންދިއުމަށް ތައްޔާރުކޮށްފައި ތިބި 160 ކުދިން މި ޖަމާއަތުގެ ބެލުމުގެ ދަށުން ސަލާމަތްކޮށްފައެވެ.

2021 ގައި މި ޔަހޫދީ ގްރޫޕްގެ މެންބަރުންގެ މައްޗަށް އިންސާނީ ވަގުފާރީގެ ކުށް ސާބިތުވެފައިވާއިރު، ޖަމާއަތުގެ އިސްވެރިޔާގެ މައްޗަށް ކުށް ސާބިތުވެފައިވަނީ 14 އަހަރުގެ އަންހެން ކުއްޖަކު ދުވަސްވީ ފިރިހެނަކަށް ވިއްކާލި މައްސަލައިގައެވެ.

އިޒްރޭލަކީ ޖިންސީ ކުށްވެރިންނާއި ކުޑަކުދިންނާމެދު ނުރަނގަޅު އަމަލު ހިންގާ މީހުން ރައްކާތެރިކަން ހޯދުމަށް ދާ ތަނެއްގެ ގޮތުގައި ފާހަގަކުރެވޭ ގައުމެކެވެ. އެތަނުގައި މިފަދަ މީހުން ފުޅާ ދާއިރާއެއްގައި އިންސާނީ އަދި ޖިންސީ ވަގުފާރި ކުރިއަށް ގެންދާކަން ފާހަގަކުރެވެއެވެ.

 

ހިއްސާ ކުރައްވާ!