ޓްރަމްޕްގެ ޖަރީމާ ހިންގުމުގައި މިސްރުން ބައިވެރިވެދާނެ ބާ؟

ފަލަސްޠީނުގެ ރައްޔިތުން ޣައްޒާއިން ބޭލުމުގެ ނުބައި ރޭވުމުގައި ބައިވެރިނުވާނެ ކަމަށް މިސްރުގެ ރައީސް އަބްދުލްފައްތާހު ސީސީ ވިދާޅުވެއްޖެއެވެ. މި ރޭވުމަކީ އެމެރިކާގެ ރައީސް ޓްރަމްޕް ހުށަހަޅުއްވާފައިވާ، ހަނގުރާމައިގެ ޖަރީމާގެ ޢަމަލެއްގެ ގޮތުގައި ބެލެވޭ ހުށަހެޅުމެކެވެ.

ޓްރަމްޕްގެ މަޤްޞަދަކީ ޣައްޒާގައި ރިއަލް އެސްޓޭޓް ވިޔަފާރި ކުރާށެވެ. އެކަމަށްޓަކައި މިސްރާއި ޖޯޑަންގެ އެހީގައި ޣައްޒާގެ ރައްޔިތުން އެހެން ތަންތަނަށް ބަދަލުކުރުމެވެ. އިޒްރޭލުގެ އިސްތިޢުމާރީ ޒަޔަނިސޓުން މިކަމަށް ތާއީދުކޮށް، ލީފްލެޓްތައް ބަހާފައިވެއެވެ.

ޢަރަބި މީޑިއާއިން މި ރޭވުން ސިފަކޮށްފައިވަނީ ހަނގުރާމައިގެ ޖަރީމައެއްގެ ފެށުމެއްގެ ގޮތުގައެވެ. މިސްރުގެ ރައީސް ސީސީ، ކެންޔާގެ ރައީސް ވިލިއަމް ރޫޓޯއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ފަލަސްޠީނުގެ މައްސަލައިގައި މިސްރުގެ އަސާސީ އަދި ތާރީޚީ މައުޤިފު ދަމަހައްޓާނެ ކަމަށާއި، މިނިވަން ފަލަސްޠީނު ގެ ދައުލަތެއް ޤާއިމުކުރުމަށް އަބަދުވެސް މިސްރު ތާއީދުކުރާ ކަމަށެވެ. ނަމަވެސް، ފަލަސްޠީނަށް ތާއީދުކުރާ ފަރާތްތަކުގެ ކަންބޮޑުވުމަކީ ޒަޔަނިސްޓުންނަށް ތާއީދުކުރާ ޢަރަބި ގައުމުތަކުން މިކަމުގައި ގެންގުޅޭނެ ސިޔާސަތެވެ.

ހިއްސާ ކުރައްވާ!