ދިވެހިރާއްޖެ އާއި އިންޑިއާގެ މެދުގައި އުފެދިފައިވާ ހައިލެވެލް ކޯ ގްރޫޕްގެ އިފްތިތާހީ ބައްދަލުވުން މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބާއްވައިފިއެވެ.
މި ބައްދަލުވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާ އެކު ބޭއްވެވި ބައްދަލުވުމަށްފަހު އެކުލަވާލެވުނު "އަ ވިޝަން ފޮރ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނަރޝިޕް" ގެ ދަށުން ހިމެނޭ ކަންކަން ތަންފީޒުކުރުމާ ގުޅޭގޮތުން ދެ ޤައުމުގެ މެދުގައި މަޝްވަރާކުރުމަށް ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.
މި ބައްދަލުވުމުގައި، ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ހަރުދަނާކުރުމާއި، އިޤްތިޞާދީ ދާއިރާއިންނާއި ޞިއްޙީ އަދި ޑިޖިޓަލް ފައިނޭންސިންގެ ދާއިރާއާއި މެރިޓައިމް ސެކިއުރިޓީ ފަދަ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.
ހައިލެވެލް ކޯ ގްރޫޕްގެ ދެވަނަ ބައްދަލުވުން 2024 ވަނަ އަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައި ވަނީ އިންޑިއާގައެވެ.




