ސޫރިޔާ ރައީސަކީ ޖައުލާނީ

ސޫރިޔާގެ މިލިޓަރީ އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ސްޕޯކްސްޕަރސަން، ކާނަލް ހަސަން އަބްދުލް ޣަނީ ވަނީ  ޖައުލާނީއަށް ވަގތީ ގޮތުން ސޫރިޔާ ރައިސްކަން ދިން ކަން އިއުލާން ކޮށްފައެވެ. އޭނާ ބުނެފައި ވަނީ، އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ވެރިޔާ އަހްމަދު އައްޝަރުޢު (މަޝްހޫރު ނަމުން ނަމަ އަލް-ޖައުލާނީ) ވަނީ އިންތިޤާލީ މަރުހަލާގައި ޤައުމުގެ ވެރިކަމާ ހަވާލުވެ، ސޫރިޔާ ޖުމްހޫރިއްޔާގެ ރައީސްގެ މަސްއޫލިއްޔަތުތައް އަދާކުރަން ފަށާފައެވެ.

އަބްދުލް ޣަނީ ވަނީ ސޫރިޔާގެ ރައްޔިތުންނަށް "އިންޤިލާބުގެ ކާމިޔާބީ" ފާހަގަ ކޮށް އަށް މަރުހަބާ ކިޔާފައެވެ. އަދި އިތުރަށް ބުނެފައިވަނީ: މިއީ ސޫރިޔާގެ އިންޤިލާބުގެ ކާމިޔާބީ އެއް ކަމަށެވެ. އަދި ކޮންމެ އަހަރެއްގެ ޑިސެމްބަރު 8 ވަނަ ދުވަހަކީ ޤައުމީ ދުވަހެއްގެ ގޮތުގައި ފާހަގަކުރުމަށް ނިންމައިފީ ކަމަށްވެސް އޭނާ އިއުލާން  ކުރިއެވެ.

އަބްދުލް ޣަނީ ބުނެފައިވަނީ، އިންތިޤާލީ މަރުހަލާގައި ގާނޫނުއަސާސީ ލިޔުމުގެ މަޖިލީހެއް އެކުލަވާލުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާ ކަމަށެވެ. މި މަޖިލީހުން މަސްއޫލިއްޔަތުތައް އަދާކުރާނީ ޤައުމުގެ ދާއިމީ ޤާނޫނުއަސާސީއެއް ފާސްކުރެވެންދެންނެވެ.

ހިއްސާ ކުރައްވާ!