ސިގިރެޓު އުފައްދާ ފެކްޓްރީއަށް ރެއިޑްކޮށްފި

ހ. ހުޅުގަލީގައި ހިންގާ އަމިއްލަ އޮފީހަކުން ސިނގިރޭޓް އުފައްދަމުންދާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން އެތަން ބަލައި ފާސްކުރުމަށްފަހު 103 ފޮށިގަނޑު ހިފަހައްޓައިފިއެވެ.

ރޭގެ ވަގުތެއްގައި ކޯޓު އަމުރަކާއެކު ފުލުހުން ވަނީ ގޭގައި ހިންގަމުންދިޔަ އަމިއްލަ އޮފީހަކަށް ވަދެފައެވެ. މިއީ ސިނގިރޭޓް އުފައްދަމުންދާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ކުރިއަށް ގެންދެވުނު އޮޕަރޭޝަނެކެވެ.

ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، އެތަނުން ހިފެހެއްޓުނު 103 ކާޑްބޯޑް ފޮށީގެ ތެރޭގައި ދުންފަތް ހިމެނޭކަން ފާހަގަކުރެވުނެވެ. ދިވެހިރާއްޖޭގައި ދުންފަތް އުފެއްދުމަކީ ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނުގެ ދަށުން މަނާ ކަމެކެވެ.

ހިއްސާ ކުރައްވާ!