އިޒްރޭލަށް ޖާސޫސް ކޮށްދިނުމަށް އެތައް ފަހަރަކު އިރާގަށް ދަތުރުތައް ކުރުމަށްފަހު އެންމެ ފަހުން، އިރާގްގައި ވަގަށް ނަގާފައިވާ ޕްރިންސްޓަން ޔުނިވާސިޓީގެ ދިރާސާވެރިޔާ އިޒްރޭލުގެ އެލިޒަބަތު ސުރްކޯވް އަސީރުން މިނިވަން ކުރުމުގެ ތެރޭން މިނިވަން ކޮށްދީފާނެ ކަމަށް އިރާގްގެ ހަނގުރާމަވެރިން ބުނެފިއެވެ.
އެފަރާތްތަކުން ޝަރުތު ކޮށްފައި ވަނީ އިޒްރޭލުގެ ޒަޔނިސްޓު ނިޒާމުން ވަގަށް ނަގާފައިވާ ޙިޒުބުﷲގެ ހަނގުރާމަވެރިން މިނިވަން ކުރާނަމަ ބަދަލުގައި އެމީހުންވެސް އިޒްރޭލުގެ ޖާސޫސް އެލިޒަބަތު ސުރްކޯވް މިނިވަން ކޮށްފާނެ ކަމަށެވެ.
އިޒްރޭލު މީޑިއާއިން ބުނާ ގޮތުގައި އިޒްރޭލުން ވަނީ މިކމަށް ޗައުގުވެރިކަން ފާޅުކޮށްފައެވެ. ނަމަވެސް ޒަޔަނިސްޓު ސަރުކާރުން އަދި އެއްޗެއް ބނެފައެއް ނުވެއެވެ.





