އަރަބި ދުނިޔޭގައި އެމެރިކާއާއި އިޒްރޭލުގެ އެންމެ ބޮޑު ރަހުމަތްތެރިޔާ، ޔޫއޭއީން ވަނީ ޣައްޒާއިން ފަލަސްޠީނުގެ ނަސްލު ސާފުކޮށްލުމުގެ އަމަލުތަކަށް ސަޕޯޓު ނުކުރާނެ ކަމަށް އިއުލާން ކޮށްފައެވެ.
ޔޫއޭއީގެ ފޮރިން މިނިސްޓްރީން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފަލަސްތީނުގެ މީހުން ގެދޮރު ދޫކޮށްލުމަށް މަޖުބުރު ކުރާ އެއްވެސް މަސައްކަތަކަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ކަނޑައެޅިގެން ދެކޮޅު ހަދާ ކަމަށެވެ.
ހައިރާން ކުރަނިވި އިއުލާނެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ގެއްލުން ލިބިފައިވާ ޣައްޒާއިން ފަލަސްތީނު މީހުން ސާފުކޮށްލުމަށް ފަހު އެތަނާ އެމެރިކާއިން ހަވާލުވެ، އިގްތިސާދީ ގޮތުން އެތަން ތަރައްގީކުރާނެ ކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޒަޔަނިސްޓު ބޮޑުވަޒީރު ނަތަންޔާހޫއާ އެކު ބޭއްވެވި ޖޮއިންޓް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.
ޔޫއޭއީއަކީ އިޒްރޭލަށް އެންމެ ބޮޑަށްއެހީތެރިވާ އަރަބި ގައުމެވެ.





