ހުރިހައި ބޮމެއްގެ މަންމަ ބޮން އިޒްރޭލަށް ދޭން އެމެރިކާއިން ނިންމައިފި

އިޒްރޭލުގެ އަސްކަރީ ޝޮޕިންގ ލިސްޓްގައި މިއަދާހަމަށް ހިމެނުނު އެންމެ ނުރައްކާތެރި ހަތިޔާރު ޓްރަމްޕްގެ ވެރިކަމުގައި އިޒްރޭލަށް ހަދިޔާ ކުރާނެ ކަމަށް ޓްރަމްޕް އައްޔަން ކޮށްފައިވާ ޔަހޫދީ މަންދޫބް ސްޓީވް ވިޓްކޯފް ބުނެފިއެވެ.

ޖަރުމަނުގެ ނޫސް "ބިލްޑް" އިން މިއަދު ރިޕޯޓު ކުރިގޮތުގައި "ހުރިހާ ބޮމެއްގެ މަންމަ" ގެ ނަމުން މަޝްހޫރު ނިއުކްލިއާ ނޫން އެނމެ ނުރައްކާ ހަތިޔާރު އިޒްރޭލަށް ދޭން ވޮޝިންޓަނުން ވަނީ ނިންމާފައެވެ.

"ޕެންޓަގަން އިން އިޒްރޭލަށް ފޮނުވާ މިސައިލަކީ ބިންގަރާސްތައް ގޮއްވާލުމުގެ ގާބިލްކަން ހުރި 11 ޓަނުގެ ބޮޑު ބޮން ކަމަށްވާ ޖީބީޔޫ-43/ބީ މެސިވް އޯޑްނަންސް އެއާ ބްލާސްޓް ބޮން،" ވިޓްކޯފް ބުންޏެވެ.

މިއީ ފަލަސްޠީނުގެ ބިންގަރާސްތައް ގޮއްވާލުމުގެ އިތުރުން އީރާނަށް ހަމަލަ ދިނުމުގެ ބޭނުމުގައި އެމެރިކާއިން އިޒްރޭލަށް ދޭ ހަތިޔާރެއްކަމަށްވެސް އެނޫހުގައި ބުންޏެވެ.

މި ބޮޑެތި ބޮންތަކަކީ، 2000 ގެ ކުރީކޮޅުން ފެށިގެން އިޒްރޭލުން ހޯދަން އެދިފައިވާ އެއްޗެކެވެ. ނަމަވެސް ޖޯޖް ޑަބްލިއު ބުޝް އިން ފެށިގެން ޖޯ ބައިޑަން އާއި ހަމައަށް އެމެރިކާގެ ކޮންމެ ރައީސަކު ވެސް ވަނީ އެ ބޮންތައް ޒަޔނިސްޓު ނާޒީ ނިޒާމަށް އެކްސްޕޯޓް ކުރަން ދެކޮޅު ހަދާފަ އެވެ.

ހިއްސާ ކުރައްވާ!