ފަލަސްޠީނުގެ އަސީރުންގެ ޝުކުރު ޙަމާސަށް

ކޮމާންޑަރު ޔަޙުޔާ އިބްރާހީމް ސިންވާރު، އަޤްޞާ ޠޫފާން ކުރިއަށް ނުގެންދެވިނަމަ އެމީހުން އުމުރަށް ނާޒީ ޒަޔަނިސްޓު ޖޫސްގެ ޖަލުތަކުގައި ތިބެން ޖެހުނީސް ކަމަށް ބުނެ، އަޤްޞާ ޠޫފާނުގެ ބަޠަލުންނަށް ފަލަސްޠީނުގެ އަސީރުން ޝުކުރު އަދާކޮށްފިއެވެ.

ނާޒީ ޒަޔަނިސްޓުންގެ އޯފަރު ޖަލުގައި އަނިޔާ ކުރުމަށްފަހު މިނިވަންކޮށްފައިވާ ފަލަސްޠީނުގެ އަސީރުން ވަނީ ޣައްޒާގެ އަބްޠާލުންގެ ހިތްވަރަށް ތައުރީފުކޮށް، ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.

އަޤްޞާ ޠޫފާންގެ ހަމަލަތަކާ ގުޅިގެން ޙަމާސްއާއި އިސްލާމީ ޖިހާދުން ހަނގުރާމައިގެ އަސީރުންގެ ގޮތުގައި މެހުމާންދާރީ އަދާކުރި ޒަޔަނިސްޓުންގެ ބަދަލުގައި މިހާތަނަށް ފަލަސްޠީނުގެ 1138 ގައިދީން ވަނީ މިނިވަން ކުރެވިފައެވެ.

މީގެ ތެރޭން 236 މީހުންނަކީ އުމުރަށް ޖަލަށް ލާފައި ތިބި އަދި އެތައް އަހަރެއް ވަންދެން އިރުގެ އަލިކަން ނުދެކޭ ގޮތަށް ވަގަށް ނަގައިގެން ބަންދުކޮށްފައި ތިބި މީހުންނެވެ.

ޒަޔަނިސްޓުންގެ ހަރާން ހުކުމް ޖަހައި އެތައް އުމުރަކަށް ސަތޭކަ އެތައް އަހަރެއްގެ ޖަލު ހުކުމް އިއްވާފައިވާ މީހުންގެ ތެރޭގައި ފަލަސްޠީނުގެ މުއްދަތު ހަމަވެފައިވާ މަހުމޫދު އައްބާސް ރައީސްގެ ފަތަހަ ޖަމާއަތުގެ މީހުންވެސް ހިމެނެއެވެ.

މުއްދަތު ހަމަވެފައިވާ އައްބާހާއި އައްބާސްގެ ބޮޑު ވަޒީރަކީ އަޤްޞާ ޠޫފާނާ ދެކޮޅަށް ވާހަކަ ދައްކާ ބަޔެކެވެ.

ހިއްސާ ކުރައްވާ!