ބަލޫޗިސްތާންގައި 3 ތަނަކަށް ޙަމަލަ ދީފި

ބަލޫޗިސްތާންގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި ދެ ތަނެއްގައި ފުލުހުންނަށް ދިން ހަމަލަތަކުގައި ހަތަރު މީހަކު މަރާލައި 8 މީހަކު ޒަހަމްކޮށްލައިފިއެވެ. އަދި ތިން ވަނަ ހާދިސާގައި ފުލުހުންގެ މަރުކަޒަކަށް ވެސް ވަނީ ހަމަލާދީފަ އެވެ.

ބަލޫޗިސްތާން ސަރުކާރުގެ ތަރުޖަމާނު ޝާހިދު ރާއިދު ވިދާޅުވީ ގޮތް ނޭނގޭ ބަޔަކު ފުލުހުންގެ މަރުކަޒަށް ބަޑިޖަހާފައިވާ ކަމަށާއި އެމީހުންނަށް ރައްދު ހަމަލަ ދިން ކަމަށެވެ.

ފުލުހުން ބުނެފައި ވަނީ ހަމަލާދިން މީހުން ހޯދުމުގެ އޮޕަރޭޝަނެއް އެ ސަރަހައްދުގައި ކުރިއަށް ގެންދާ ކަމަށެވެ. އިތުރު އެހެން ހަމަލައެއް ދީފައި ވަނީ ދަންވަރުގެ ވަގުތެއްގައެވެ.

ބަލޫޗިސްތާނަކީ ވަކިވެގަތުމަށް މަސައްކަތް ކުރާ ބާޣީ ބަލޫޗް ލިބަރޭޝަން އާމީގެ ހަނގުރާމަވެރިން ޓެރަރިސްޓު ހަމަލަތައް ދެމުންދާ ސަރަހައްދެކެވެ.

ހިއްސާ ކުރައްވާ!