ހޮންޑިއުރާސްއަށް ދާދި ފަހުން އައި ޓްރޮޕިކަލް ތޫފާން ސާރާއާ ގުޅިގެން އިންޑިއާއިން، ހޮންޑިއުރަސްއަށް 26 ޓަނުގެ އިންސާނީ އެހީ ފޯރުވައިދީފިއެވެ.
އިންޑިއާއިން ފޮނުވި ސާމާނުގައި ހިމެނެނީ، ސާޖިކަލް ސާމާނާއި ގްލޫކޯމީޓަރާއި އޮކްސިމީޓަރާއި ސާޖިކަލް އަންގިއާއި ސިރިންޖް އަދި އައިވީ ފްލޫޑްސް، ބްލެންކެޓް، ރަޖާ އަދި ހައިޖީން ކިޓްތަކެވެ. މިއީ މެޑިކަލް ސަޕްލައިސް އާއި ޑިޒާސްޓާ ރިލީފް މެޓީރިއަލްގައި ހިމެނޭ ސާމާނުތަކެވެ.
އިންޑިއާއަކީ ދުނިޔޭގެ ދެކުނުގެ ގައުމުތަކަށް ފުރަތަމަ އެހީ ވެދޭ ގައުމުގެ ގޮތުގައި ފެންނަ ޤައުމެވެ. އިންޑިއާއިން ކާރިސާތަކުގައި އެހީވެ ދިނުމަށް ކުރާ މަސައްކަތުން ޑިޒާސްޓާ މެނޭޖްމަންޓާއި ރިލީފްގެ ދާއިރާއިން އެގައުމަށް ބޮޑު އިހުތިރާމެއް ލިބިގެން ދެއެވެ.
އިންޑިއާއިން ވަނީ އިރާގަށް ޖެނުއަރީ 27 ވަނަ ދުވަހު ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް ބްރޮންކޯޑިލޭޓަރާއި އިންހެލަރާއި ވެންޓިލޭޓަރު ގެ އިންސާނީ އެހީގެ ކޮންސައިންމަންޓެއް އިރާގުގެ ކުރުދީސްތާން ސަރަހައްދަށް ފޮނުވާފައެވެ.



