އެމެރިކާގައި 21 މިލިއަން މީހުން ވޯޓުން މަހުރޫމް ކުރަނީ

އެމެރިކާގެ 21 މިލިއަން މީހުންނަށް އިންތިޚާބުގައި ބައިވެރި ނުވެވޭ ގޮތަށް ބިލެއް ފާސްކޮށްފިއެވެ. މި ބިލަކީ، "ސޭފްގާޑް އެމެރިކަން ވޯޓާ އެލިޖިބިލިޓީ (ސޭވް) އެކްޓް" އެވެ. މި ބިލްގެ ހަރުކަށި ކަމުން ރަށްވެހިކަށް ސާބިތު ކޮށް ނުދެވިގެން އެތައް މިލިއަން ބަޔަކަށް ވޯޓުލުމުން މަހުރޫމް ކުރެވޭނެ އެވެ. ތަޖުރިބާކާރުން ވަނީ 21 މިލިއަން މީހުން ނުވަތަ އާބާދީގެ 9 ޕަސެންޓް މީހުންނަށް ވޯޓު ނުލެވޭނެ ކަމަށެވެ.

މިމީހުންނަކީ، މި ބިލްގައި ބަޔާން ކުރާ ޕާސްޕޯޓް ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓް ފަދަ ރަސްމީ ރަޖިސްޓްރޭޝަން ލިޔެކިޔުންތައް ފަސޭހައިން ލިބެން ނެތުމުން އެފަދަ ޑޮކިއުމެންޓްތައް ނުގެންގުޅޭ އެމެރިކާ ރައްޔިތުންނެވެ.

ބްރެނަން ސެންޓަރުން ރިޕޯޓްކުރާ ގޮތުގައި އިޒްރޭލަށް ގަތުލުއާންމު ހިންގުމަށް ބިލިއަނުން ޑޮލަރު އަޅާ، އެމެރިކާގެ ފަގީރުންނާއި  ޒުވާނުންނާއި، ނަސްލީ ބައިމަދު ގިންތީގެ މީހުންނާއި ރަށްފުށުގެ އެކަހެރި ހިސާބުގެ ވޯޓުލާ މީހުންނަށް ކާކުކަން އަންގައިދޭ ޑޮކިއުމެންޓްތައް ލިބޭނެ ގޮތެއް ނުހުރެއެވެ.

އަދި މިވެރިންގެ އުސޫލު އޮންނަ ގޮތުން މީހަކާ އިނުމުން އަންހެން މީހާގެ ޝަޚުސިއްޔަތު ގެއްލުމަކީ ވެސް މިކަމުގައި ބޮޑު ހިއްސާއެއް އަދާ ކުރާ ކަމެކެވެ. މީހަކާ އިނުމުން ހުޅަނގުގައި ބަފާގެ ނަން ދޫކޮށް ފިރިމީހާގެ ނަމަށް ނިސްބަތް ވާން ޖެހެއެވެ. އެފަދަ ކައިވެނިން ނަން ބަދަލުވެފައިވާ އަންހެނުންގެ  69 މިލިއަން މީހުންނަށް ވެސް އެމީހުންގެ އައިޑެންޓިޓީ ސާބިތު ކޮށްދޭން އުދަގޫތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ބެލެވެއެވެ.

ދިވެހިރާއްޖޭގައި ހިލޭ ޑޮކިއުމެންޓްތައް ލިބުނު ކަމުގައިވިއަސް، އެމރިކާގާއި ގިނަ ބަޔަކަށް ރަށްވެހި ކަމުގެ ޑޮކިއުމެންތްތައް ހޯދަން، 50އާއި 200 ޑޮލަރުގެ ޚަރަދެއް ކުރަން ޖެހެއެވެ. އަދި ރާއްޖޭގައި އޮންނަފަދަ އީގަވް ފަދަ ނިޒާމެއް ނެތުމުން، ޑޮކިއުމެންޓަށް ހުށަހަޅައި ބަލައި ގަންނާކަށް ވަޒީފާގައި އުޅުމުން ވަގުތެއްވެސް ނުވެއެވެ.

މިހުރިހައި ކަމަކާއެކު، ބައެއް ސްޓޭޓްތަކުގައި ރިކޯޑް ބެލެހެއްޓުމަކީ ހީވެސް ނުކުރާ ވަރަށް ދޯހަޅިކޮށް އޮންނަ ކަމެކެވެ. އެހެން އެކަން އިތުރު ކާރިސާއަކަށް ވެ ދެއެވެ.

ސޭވް ޤާނޫނުގެ ބިލަކީ މިމަހުގެ 10 ގައި ކޮންގްރެސްގެ ދަށުގެ ގެއިން ފާސްކޮށްފައިވާ ބިލެކެވެ. މިބިލަށް 220 ތާއީދާއެކު 208 ނޫން ވޯޓް ލިބިގެން ފާސްވެފައި ވެއެވެ. މިއީ ފެޑެރަލް އިންތިޚާބުގައި ރަޖިސްޓްރީވުމަށް އެމެރިކާގެ ރައްޔިތެއްކަން ސާބިތުވާކުރުމަށް (ޕާސްޕޯޓް، އުފަން ސެޓްފިކެޓް، ނުވަތަ އައިޑީ) ލާޒިމްކުރަ ގާނޫނެވެ.

ރައްޔިތުން ނޫން ކަން އަންގައިދޭ ލިޔުމެއް ދައްކައިގެން ނޫނީ ނުދައްކައި ވޯޓުލާން ފަހިކޮށްދީފި މީހަކަށް 5 އަހަރުގެ ޖަލު ޙުކުމެއް އަންނާނެއެވެ. އެމެރިކަން ސިވިލް ލިބަޓީ ޔޫނިއަން އިން ބުނަނީ މިހަރުވެސް ރަށްވެހިން ނޫން މީހުންނަށް ވޯޓެއް ނުލެވޭނެ ކަމަށެވެ. އަދި އެކަން ކުރުމަކީ ގާނޫނުން މަނާ ކަމެއް ކަމަށެވެ. އައު ބިލް ގާނޫނަކަށް ވެއްޖެނަމަ އެމެރިކާގައި ވޯޓުލާ މީހުންގެ އަދަދު މަދުވެ، މުޅި ޑިމޮކްރެޓިކް ހަރަކާތަށް އަސަރު ކުރާނެ ކަމަށް ބުނެފައި ވެއެވެ.

ހިއްސާ ކުރައްވާ!