ވަގުތީ ކޮމިޝަނަރުވެސް ބަދަލުކޮށް އިސްމާއިލް ނަވީންއާ ހިންގުން ހަވާލުލކޮށްފި

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުން އަލީ ސުޖާއު އިސްތިއުފާ ދެއްވައިފި އެވެ. ސީޕީގެ މަގާމުން އިސްތިއުފާ ދެއްވައިފިކަން އިއުލާން ކުރައްވާފައިވަނީ ރައީސް އޮފީހުފެ ތަރުޖަމާނު ހީނާ ވަލީދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އަލީ ސުޖާއު އިސްތިއުފާ ދެއްވުމުން، އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް ޑެޕިއުޓީ ކަމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އައްޔަން ކުރެއްވިއެވެ. އަދި އޭގެ މާގިނަ އިރުތަކެއް ނުވަނީސް އޭނާ ދުރުކުރުމަށްފަހު އޭނާގެ ބަދަލުގައި ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީންއާ ހަވާލުކޮށްފި އެވެ.

މި ބަދަލުތައް އައީ ޝުޖާއު އިސްތިއުފާ ދެއްވުމުންނެވެ. ސުޖާއުގެ އިސްތިއުފާ ރައީސް ޑރ. މުހައްމަދު މުއިއްޒު ގަބޫލުކުރެއްވީ މިރޭ އިރާކޮޅު އެވެ.

ސުޖާއު މަގާމުން އިސްތިއުފާ ދެއްވަން ނިންމި ސަބަބު ހާމަކޮށްފައި ނުވިނަމަވެސް މި ނިންމުން ނިންމާފައިމިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ.މިޓާޒްގޭ ފުރާޅެއް މައްޗަށް 21 އަހަރުގެ އަންހެން ކުއްޖެއް ވެއްޓިފައި އޮއްވާ ފެނުނު މައްސަލަ އާ ގުޅިގެން ފުލުހުންގެ ވާހަކަތައް އެކި ފަހަރު އެކި ގޮތްގޮތަށް ބަދަލުކުރުމާ ގުޅިގެން ޒުވާނުން މުޒާހަރާ ކުރަން ފެށުމާ ގުޅިގެންނެވެ.

ހިއްސާ ކުރައްވާ!