މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައި.އައި.ޔޫ.އެމް) އިން ރައީސަށް "އިސްލާމިކް ލީޑަރޝިޕް އެންޑް ސިވިލް ޑިވެލޮޕްމަންޓް" ގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީގެ އޮނޮރަރީ ޑިގްރީ އަރުވައިފިއެވެ. ރައީސްއަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވީ އައިއައިޔޫއެމްގެ ދުސްތޫރީ ވެރިޔާގެ ހައިސިއްޔަތުން ހަރ ރޯޔަލް ހައިނެސް ތެންގްކޫ އަމްޕުއަން، ތުންކޫ އަޒީޒާ އަމީނާ މައިމޫނާ އިސްކަންދަރިއްޔާއެވެ. އެ މަނިކުފާނަަށް މި އޮނޮރަރީ ޑޮކްޓަރޭޓްކަން އަރުވާފައިވަނީ މެލޭޝިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި އިއްޔެ އެ ޔުނިވަރސިޓީގައި ބޭއްވި ޚާއްސަ ކޮންވޮކޭޝަން 2025 ގައެވެ.
އައިއައިޔޫއެމް އިން އެރުވި ޝަރަފު ގަބޫލުފުޅު ކުރައްވަމުން ރައީސް ވަނީ "އިންޓެލެކްޗުއަލް ރިނައިސަންސް: އަންވެއިލިންގ ދަ ސައިންޓިފިކް އެންޑް މޮޑަރން ޑިވެލޮޕްމަންޓް އޮފް ދަ އިސްލާމިކް ސިވިލިޒޭޝަން،" މި މައުޟޫއަށް ތަގުރީރުކުރައްވާފައެވެ.
ރައީސް މެލޭޝިއާއަށް ކުރައްވާ މި ދަތުރުފުޅުގައި އަރިހުގައި ވަޑައިގެންނެވި ކެބިނެޓު މިނިސްޓަރުންނާއި ވަފުދުގެ ބޭފުޅުންވެސް، ރައީސްއަށް މި ޝަރަފު އެރުވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

