މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޖުޑީޝަރީއަށް އެއްވެސް ނުފޫޒެއް ފޯރުވާފައިނުވާ ކަމަށާއި އެކަމަކީ އެމަނިކުފާނުގެ ޟަމީރު ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށެވެ. ރައިސް ޔާމީންގެ ޝަރިއަތް އަލު ފެށުމާ ގުޅިގެން ކުރެވުނު ސުއާލަށް ރައީސް ވިދާޅުވީ، ފުއްގިރި މައްސަލާގެ އަޑު އެހުންތައް ފެށުކަން އެމަނިކުފާނަށް އެނގިވަޑައިގަތީ މީޑިއާއިން ކަމަށެވެ. އަދި ބަންޑާރަ ނައިބް އޮފީހަކީ މިނިވަން އޮފީހެއްކަމުގައި ވިދާޅުވިއެވެ.
ރައީސް ވަނީ އެމަނިކުފާނު ޖުޑިޝަރީއަށް ނުފޫޒު ނުފޯރުވާކަމަށް ވިދާޅުވެ ޚަތިމުގައި އަތް ބީއްސަވާނެ ކަންވެސް ހާމަކުރައްވާފައެވެ. އަދި އަރިއަކަށް ޖެހިވަޑައިގެން ޚަތިމެއް ނަގަވަން އުޅުއްވީހެންވެސް ހީވިއެވެ.
އެމޭރުމުން ވާހަކަ ދައްވަމުން ރައީސް ވިދާޅުވީ، "ހުސްނުއްސުއޫދު ބުނެފިއްޔާ އެ ވާނީ ތެދަކަށްތޯ. ކޮން ހަމަޔަކުންތޯ. އަޒްމިރަލްދާ ވިޔަސް ދެން އެހެން ބޭފުޅެއްވިޔަސް. އެބޭފުޅުން ބުނީމަ ތެދަކަށްވެފަ އަޅުގަނޑު ބުނީމަ ދޮގަކަށް ވަންޏާ އެއީ ކިހިނެއްވާ ކަމެއްތޯ،" ޖުޑިޝަރީއަށް ނުފޫޒު ނުފޯރުވާކަން ޔަގީންކޮށް ދެއްވަމުން އެމަނިކުފާނުގެ ސުއާލަށްވެސް ޖަވާބެއް އޮންނަންވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ޔަމީނާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރައީސް ޔާމީނަކީ އެމަނިކުފާނު ވަރަށް އިޙުތިރާމް ކުރައްވާ ބޭފުލެއް ކަމަށާއި ޔާމީނުގެ ސަރުކާރުގައި ޚިދުމަތް ކުރައްވަން ލިބިވަޑައިގަތް ފުރުސަތުގައި ގިނަ މަސައްކަތްތަތެއް ކޮށް ނަތީޖާ ޙާޞިލުކޮށްދެވުނު ކަމަށެވެ. އަދި ޔާމީނު މިހާރު ގެކޮޅުގައި ހުންނެވީ ރައީސް ވެވަޑައިގަތް ވައުދު ފުއްދެވުމުން ކަން ހާމަކުރެއްވިއެވެ.





