މީހުން މެކްޑޮނަލްޑާއި ސްޓާބަކްސްއާ ދުރަށް ދާން ފަށައިފި

ޣައްޒާގެ ގަތުލުއާންމާ ގުޅިގެންނާއި އެމެރިކާ މީހުން ފަގީރު ވަމުން ދިއުމުގެ ސަބަބުން، ފާސްޓްފުޑް ރެސްޓޯރެންޓްތަކަށް ވަންނަ މީހުން މަދުވާން ފަށައިފިއެވެ. މެކްޑޮނަލްޑްސްގެ ސީއީއޯ ކްރިސްޓޮފަރ ކެމްޕްޗިންސްކީ ބުނާ ގޮތުގައި 2024 ވަނަ އަހަރާ އަޅާބަލާއިރު 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވިޔަފާރި ވަނީ ދެ ގުނައަށް ދަށްވެފައެވެ.

ޓްރަމްޕްގެ ޓެރިފްތަކުން އަގު ބޮޑުވުމައި މީހުންގެ އަތް މަތި ދަތިވެ މީހުން ފަގީރުވާން ފަށާފައި ވެއެވެ.

މެކްޑޮނަލްޑާއި ސްޓާބަކްސްފަދަ ތަންތަނަށް ވަންނަ މީހުން މަދުވުމުން ވިޔަފާރިއަށް އަސަރު ކުރަމުން ދެއެވެ. އެމެރިކާ ގައި މެކްޑޮނަލްޑްސްގެ ވިޔަފާރި %3.6 ދަށްވެފައިވެއެވެ. މިއީ ކޮވިޑް-19 އަށް ފަހު ވިޔަފާރި އެންމެ ހީނަރު ޒަމާނެވެ.

ސްޓާބަކްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ވިޔަފާރި ވަނީ %1 ދަށްވެފައެވެ. މިއީ ޖެހިޖެހިގެން ފަސް ވަނަ ކުއާޓަރުގައި ދިމާވެފައިވާ ދަށް ވުމެކެވެ.

ޑޮމިނޯސް ޕިއްޒާއިން ޑެލިވަރީތައް މަދުވެފައި ވެއެވެ.

މީޙުން ވަނީ ގެއިން ބޭރުގައި ކެއުން ދޫކޮށްލާ ފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކުރިއަށް ބަލާއިރު ފަސްޓް ފުޑް ޗެއިންތަކުގެ ހިއްސާގެ އަގު ދެގުނައަށް ދަށްވަމުން ގޮސްފައި ވެއެވެ.

ހިއްސާ ކުރައްވާ!