އެފްބީއައިގެ ޑިރެކްޓަރު އޮފީހަށް ވުރެން ގިނަ ވަގުތު ކަސްބީންނާއެކު

ޓްރަމްޕްގެ އެފްބީއައިގެ ޑިރެކްޓަރު ކޭޝް ޕަޓޭލް އޮފީހަށް ވުރެން ގިނަ ވަގުތު ކަސްބީ އަންހެނުންނާ އެކު ހޭދަކުރާ ކަމަށް ތުހުމަތުކޮށްފިއެވެ. ވޮޝިންޓަން ޑީސީގައި ހުންނަ އެފްބީއައިގެ މައި މަރުކަޒަށް ވުރެ ގިނަ ވަގުތު އޭނާ ނައިޓް ކްލަބްތަކުގައި ހޭދަ ކުރާކަމަށް ބުނެ އެތުހުމަތު އާންމު ކޮށްފައި ވަނީ އެފްބީއައިގެ ކުރީގެ މުވައްޒަފެކެވެ. މިވާހަކަ ވަނީ މީޑިއާއަށް ތިލަވެ ފެތުރިފައެވެ. ނަމަވެސް އޭނާގެ ތުހުމަތުތަކަށް ބުރަދަނެއް ލިބޭފަދަ ހެކިތަކެއް ދައްކާފައި ނުވާކަމަށްވެސް ފާޑު ކިޔާފަރާތްތަކުން ބުނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޕަޓޭލްއަކީ މިހާރު އާންމުކޮށް ވަރުބަލިވެފައި ހުންނަ މީހެކެވެ. އަދި އޭނާ ވަނީ މައްސަލަތަކާ މެދު އެފްބީއައިން ބާއްވާ ބައްދަލުވުންތައް ބޭއްވުންވެސް ހަފްތާއަކު ދެ ބައްދަލުވުމަށް މަދުކުރައްވާފައެވެ. އަދި އޮފީހުގައި ގިނަ ވަގުތު ނިދި ކުރައްވާކަމަށްވެސް ތުހުމަތު ކޮށްފައި ވެއެވެ.

އެފްބީއައިގެ ކުރީގެ އެސިސްޓެންޓް ޑިސެކްޓަރ ފްރާންސް ފިގްލުއިޒީގެ މި ވާހަކަތައް މީޑިއާއިން ފުޅާކޮށް ރިޕޯޓުކޮށްފައި ވެއެވެ.

އޭގެ އިތުރުން އޭނާ ވަނީ އެފްބީއައިގެ އެތެރޭގައި ކޮޕރަޕްޝަން އުޅޭކަމަށް ތުހުމަތުކޮށް އެފްބީއައިގެ މަތިންދާބޯޓުތައްވެސް ގަވާއިދާ ޚިލާފަށް ޕަޓޭލް ބޭނުން ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެކަމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ސެނެޓަރުން ވެސް ވަނީ ތަހުގީގަކަށް ގޮވާލާފައެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައް ބަލާ އެމެރިކާ ސަރުކާރުގެ އެކައުންޓެބިލިޓީ އޮފީހުން ދަނީ އޭނާގެ ދަތުރު ޚަރަދުތައް ދިރާސާ ކުރުމަށްވެސް ވިސްނަމުންނެވެ.

ހިއްސާ ކުރައްވާ!