އިންޑިއާއާއި އެންގޯލާގެ ރަސްމީ މަޝްވަރާތައް ބާއްވައިފި

އިންޑިއާ އާއި އެންގޯލާގެ ގުޅުން ބަދަހި ކުރުމަށްޓަކައި ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ހައިދަރުއާބާދު ހައުސްގައި އެންގޯލާގެ ރައީސް ހޯއާ ލޯރެންސޯއާ ބައްދަލު ކުރައްވައިފިއެވެ. އަދި ލޯރެންސޯގެ ފުރަމާނަ ދަތުރުފުޅުގައި މިއަދު ދެ ގައުމުގެ ރަސްމީ މަޝްވަރާތައްވެސް ބާއްވާފައި ވެއެވެ.

މިއަދުގެ މަޝްވަރާތަކުގައި ވިޔަފާރި، ހަކަތަ، ދަނޑުވެރިކަން، އަދި ދިފާއީ އެއްބާރުލުން ފަދަ މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރުމަށް މަޝްވަރާކޮށް ދެ ގައުމުގެ ސްޓްރެޓެޖިކް ޕާޓްނަޝިޕް އިތުރުކުރުމަށް އަމާޒު ހިފާފައި ވެއެވެ.

ދެ ލީޑަރުން ވެސް ވަނީ ދެ ގައުމުގެ ދެމެދުގެ އިގްތިސާދީ ގުޅުން ފުޅާކުރުމަށް ވައުދުވެވަޑައިގެންފައެވެ. އަދި އިންޑިއާއިން ވަނީ ކެޕޭސިޓީ ބިލްޑިން އިނިޝިއޭޓިވްތަކާއި އިންވެސްޓްމަންޓްތަކުގެ ތެރެއިން އެންގޯލާގެ ތަރައްގީއަށް ސަރުކާރުން އިސްކަންދޭ ކަންކަމަށް ތާއީދު ކުރުމަށް ވައުދދުވެފައެވެ.

މި ބައްދަލުވުމުގައި އަލިއަޅުވާލާފައިވަނީ ދެކުނު ދެކުނުގެ އެއްބާރުލުން އިތުރުކޮށް، މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްގީ ފަދަ ދުނިޔޭގެ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ދެ ގައުމުން ޚިޔާލު އެއްގޮތް ކުރުމުގެ މައްޗަށެވެ.

އެންގޯލާ ރައީސްގެ މި ދަތުރުފުޅަކީ އިންޑިއާއާއި އެފްރިކާގެ ޤައުމުތަކުގެ މެދުގައި ކުރިއަރަމުން އަންނަ އެއްބާރުލުމުގެ މައްޗަށް ބިނާކޮށް، ޑިޕްލޮމެޓިކް އަދި އިޤްތިޞާދީ ގުޅުންތައް ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ހިއްސާ ކުރައްވާ!