"ތިނަދޫގެ ބަދަލުގައި ކާޑެއްދޫ އެއަރޕޯޓް އިންޓަނޭޝަނަލް ފެންވަރަށް، މުޅިން އައު އެއަރޕޯޓެއް ގޮތަށް ޑިވެލޮޕްކުރުމާ އެއްކޮށް ބްރިޖަކުން ތިނަދޫ ގުޅުވާލުން އެއީ އަސްލު އަޅުގަނޑު ވީ ވައުދަކީވެސް." ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވިދާޅުވީ ތިނަދޫއާއި ކާޑެއްދޫ ބުރިޖަކުން ގުޅާލުމުގެ މަޝްރޫއުގެ ޓެކްނިކަލް ޕްރޮޕޯސަލް ހެދުމަށް ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށެވެ.
"ހަނިމާދޫ އެއާޕޯޓް ޖުލައި މަހުގެ ނިޔަލަށް ނިމޭނެ. ގޭން އެއާޕޯޓް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިމޭނެ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސް ވިދާޅުވީ، ގއ. ވިލިނގިލީގައިވެސް ބައިނަލްއަޤްވާމީ ފެންވަރުގެ އެއާޕޯޓެއް ތަރައްޤީކުރުމަށް ނިންމާފައިވާކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި އެކި ރަށްރަށުގައި އެއާޕޯޓްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ތަފާތު އެކި މަރުހަލާތަކުގައި ކުރިއަށްދާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.





