އުމުރުގެ އެންމެ ބިރުގަތް ކަމަކީ މީހަކު އޭނާ ރޭޕް ކޮށްފާނެތިއެވެ. ހަމާސްވެ މެހުމާންދާރީގައި ދުވަސްތަކެއް ހޭދަކޮށްފައިވާ މިއާ ޝޭމް ބުނީ އޭނާ ހަމާސްގެ މެހުމާންދާރީގައި ހުރިއިރުވެސް ރޭޕްކޮށްފާނެތީ ބިރުގަތެވެ. ނަމަވެސް އެމީހުންގެ ތެރޭގައި އުޅުނު އިރު އެފަދަ ކަމެއް ދިމާ ނުވާ ކަމަށާއި އެކަން ދިމާވީ އިޒްރޭލަށް އައިސް އޭނާއަށް އެންމެ ރައްކާތެރި ތަނަކަށް ވާން ޖެހޭ އޭނާގެ އަމިއްލަ ގޭގައި ކަމަށެވެ.
މިއާ ޝޭމް ވަނީ އޭނާގެ ރޭޕްއާ ބެހޭ ގޮތުން އިޒްރޭލުގެ ޗެނަލް 12އަށް އިންޓަރވިއު ދީފައެވެ. އިންޓަރވިއުގައި އޭނާ ވަނީ އޭނާގެ ފިޓްނަސް ޓްރެއިނަރަށް ތުހުމަތުކޮށްފައވެ. ފުލުހުން އެ މައްސަލާގައި އޭނ ހައްޔަރު ކުރިއެވެ. ނަމަވެސް ފަހުން ވަނީ ދޫކޮށްލާފައެވެ.
މި ޓްރެއިނަރަކީ ވަރަށް ނުފޫޒުގަދަ އަދި އޭނާ ތަމްރީން ކޮށްދޭ މީހުންގެ ތެރޭގައި ޔަހޫދީ ކެބިނެޓްގެ މެމްބަރުން ހިމެނެއެވެ. މިއާ ޝެމް ރޭޕްކޮށްފައިވަނީ ޕާޓީ ޑްރަގެއް ދީގެން ކަމަށް ތުހުމަތު ކުރެވެއެވެ.
އޭނާ ބުނަނީ ލަދުން މިވާހަކަ ނުދައްކައި ހުންނަން ބޭނުން ނުވާ ކަމަށެވެ. އަދި ހަމާސްގެ ފަރާތުން ދިމާނުވާ ކަމެއް އޭނާގެ އަމިއްލަ ނަސްލުގެ މީހެއްގެ ފަރާތުން ދިމާވުމުން އެވާހަކަ ދައްކަން ބޭނުންވާ ކަމަށް އޭނާ ބުނެއެވެ.
އަދި ޓްރޭނަރު އޭނާގެ ގެއަށް އައީ ހޮލީވުޑްގެ ޕްރޮޑިއސަރަކުވެސް އޭނާއާ އެކު އަންނާނެ ކަމަށް ބުނެއެވެ. އެމީހާ އޮޅުވާލައިގެން ޑްރަގް ދީގެން މިކުއްޖާ ރޭޕް ކުރީއެވެ. އިޒްރޭލުގައި ރޭޕް ކުރުމާއި ޖިންސީ ކުށަކީ އާންމު ހާލަތެކެވެ.



