ސްކައިޕް ސޮފްޓްވެއަރ ރިޓަޔަރ ކޮށްފި

މިއަދަކީ މައިކްރޮސޮފްޓްގެ ސްކައިޕް ގެ ޚިދުމަތް ނިމުމަކަށް އަންނަ ދުވަހެވެ. މައިކްރޮސޮފްޓް ޓީމުތަކަށް ފޯކަސް ކުރުމަށް އެކުންފުނިން ރަސްމީކޮށް ސްކައިޕް ރިޓަޔާ ކުރީއެވެ.

ސްކައިޕް ހުއްޓާލާނެ ކަން 28 ފެބް ގައި ވަނީ އިއުލާން ކޮށްފައެވެ. މައިކްރޮސޮފްޓްގެ ސްޓްރެޓެޖީއަކީ ކެލެންޑަރ އިންޓަގްރޭޝަން އާއި އަދި ކޮމިއުނިޓީ ޓޫލްސް ފަދަ އިތުރު ފީޗާތަކާއެކު ގުޅިގެން ޒަމާނީ މުވާސަލާތުގެ ހަބެއްގެ ގޮތުގައި ޓީމްސް ކުރިއަށް ގެންދާށެވެ.

މިހާރު މައިކްރޮސޮފްޓުން ވަނީ ސްކައިޕް ކްރެޑިޓް ވިއްކުމާއި ޕްލޭންތަކާއި އައު ޔޫޒަރުން ބައިވެރި ކުރުން ހުއްޓާލާފައެވެ. މިހާރު ތިބި ސަބްސްކްރައިބަރުންނަށް އެމީހުން ދައްކާފައިވާ ފައިސާ ހަމަވަންދެން ޚިދުމަތް ދޭނެއެވެ.

ހިއްސާ ކުރައްވާ!