ހުޅުމާލެ ފޭސް 2 ގެ ސްކޫލަކަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ ކަމަށް މިއަދު އެ ފަރާތުން ހާމަކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، ހިޔާޓަވަރު 8 އިން ސްކޫލަށް ދިޔަ މި ކުއްޖާ ސްކޫލަށް ނުވަންނަކަން މިހާތަނަށް ފުލުހުންނަށް ކަށަވަރު ކުރެވިފައިވެއެވެ. އަދި މި ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ ފުލުހުންނާއި އެޑިއުކޭޝަން މިނިސްޓްރީއާއި ސްކޫލް ގުޅިގެންނެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ، މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނު 08:30 އެހައިކަންހާއިރު ކަމަށެވެ. އަދި މި މައްސަލައާ ގުޅުންހުރި އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނަންބަރު 9310707 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.
ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، މި ކުއްޖާ ގެއްލުނު މައްސަލަ ހުށަހެޅުމާ ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދެއެވެ.



