ޔަމަނުން ދަނގަނޑު ގުއްބާއި ދާއުދުގެ ސާޅަނގައަށްވެސް އޮޅުވާލައިފި

ހިފާފައިޥާ ޣައްޒާއަށް އިޒްރޭލުން ދެމުންދާ ހަމަލަތަކުގައި މިއަދާހަމައަށް އެއްވެސް ބާރަކުން އިޒްރޭލު ސިއްސުވައިނުލާ މިންވަރަށް ޔަމަނުގެ އަންސާރުﷲ އިން އިޒްރޭލުގެ ޒަޔަނިސްޓުން ސިއްސުވާލައިފިއެވެ. ޓެލްއަވީވްގެ ބެން ގުރިއަން އެއާޕޯޓަށް އަމާޒުކޮށް ހަމަލަ ދިން ހަމައެކަނި ބާރަކީ ޔަމަންގެ އަންސާރުﷲ އެވެ.

އަޑަށް ވުރެން ބާރަށް ދަތުރުކުރާ ބެލެސްޓިކް މިސައިލް އައިސް ލައިގަތް އިރު އިޒްރޭލުގެ ދަނގަނޑު ގުއްބަށްވެސް އަދި ދާއޫދުގެ ސާޅަނގައަށްވެސް ރޭކާއެއް ނުލިއެވެ.

ޔަމަނުގެ ސިފައިންގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ޔަހްޔާ ސަރީޢު ކަށަވަރުކޮށްދެއްވި ގޮތުގައި އިސްރާއީލާއި އެމެރިކާގެ ޑިފެންސް ސިސްޓަމްތަކުން ސަލާމަތްވެ، ދިން ހަމަލައިން އެއާޕޯޓްގެ އޮޕަރޭޝަންތައް ގަޑިއިރަކަށް ވުރެ ގިނައިރު ހުއްޓުވައިލިއެވެ. އަދި އިޒްރޭލަށް ބާރު ދައްކައިގެން ސަމާލަތެއް ނެތްކަން ސާބިތު ކޮށްދިނެވެ. އަދި ހިފާފައިޥާ ފަލަސްޠީނުގެ ބިމުގައި އިންދާފައިވާ އިޒްރޭލުގެ މެދުތެރޭ ހިސާބުގައި ގިނަ އަދަދެއްގެ ބަޔަކު ބިންގަރާހަށް ވައްދައި ބިރު ގަންނަވާ ލުމުގައި ކާމިޔާބީ ހޯދިއެވެ.

ވަކިން ޚާއްސަކޮށް ހިފާފައިވާ ފަލަސްޠީނުގެ ޔާފާ އަށް ޑްރޯން ހަމަލާއެއްދިނުމާއެކު ހިފާފައިވާ ފަލަސްޠީނުގެ އަސްގަލާންގެ މުހިއްމު ތަންތަނަށްވެސް ހަމަލަ އަމާޒު ކުރެވުނެވެ.

ޔަމަނުގެ ހަމަލައާ ގުޅިގެން އަންސާރުﷲ ގެ ލީޑަޝިޕާއި ބާރުތަކަށް ފަލަސްތީނުގެ ހަމާސް އާއި އަލްގައްސާމް ބްރިގޭޑްސް އާއި އެހެން ޖަމާއަތްތަކުން ތައުރީފު ކުރަމުން ދެއެވެ.

އިޒްރޭލުގެ އިންޓަރނޭޝަނަލް އެއާޕޯޓް ބެންގުރިއޮން އެއާޕޯޓް ކައިރީގައި 25 މީޓަރު ފުންމިނުގެ ވަޅުގަނޑެއް ހެދިގެން ދިއުމަކީ މި މިސައިލްގެ ކާމިޔާބު ކަން ދައްކައިދޭ ހެއްކެވެ.

ހިއްސާ ކުރައްވާ!