ޖަޕާނު ކަނބަލުން ކައިވެނު ކުރަން ބޭނުން ނުވަނީ ފިރިމީހާއަށް ނިސްބަތްވެ ނަން ބަދަލު ކުރަން ޖެހޭތީ ކަމަށް ބުނެފިއެވެ. ޖަޕާނުގައި ކައިނި ކޮށްފައިވާ މީހުންގެ ތެރޭންވެސް 30 އިންސައްތަ މީހުން ވަނީ އެމީހުންގެ ަކއިވެނި ރަޖިސްޓްރީ ކުރާން ބޭނުން ނުވާކަމަށް ބުނެފައެވެ. އެއީވެސް ނަން ބަދަލު ކުރަން ޖެހިދާނެތިއެވެ.
މީގެ އިތުރުން ކައިވެނިކޮށްގެން އުޅޭ ދެމަފިރިންނަށް ވެސް ތަފާތު ނަންތައް ބޭނުން ކުރުމުގެ ހުއްދަ ޖަޕާނުގައި ތައާރަފްކޮށްފިނަމަ އެފަދަ މީހުންގެ ދެބައިކުޅަ އެއްބައި މީހުން ވެސް އެގޮތަށް ނަން ބަދަލު ކުރަން ތައްޔާރަށް ތިބި ކަމަށް ސާވޭއިން ދައްކަ އެވެ.
ޖަޕާނުގައި 20 އަހަރާއި 50 އަހަރާ ދެމެދުގެ %2 މީހުންނަކީ އަމިއްލަ ރުހުމުގައި އިނދެގެން އުޅޭ ކައިވެނީގެ ކިޔެކިޔުމެއް ނެތް މީހުންނެވެ. އަމިއްލަ ފަރާތަކުން ހޯދާފައިވާ ޚިޔާލު ހޯދުމުގައި ފަސް ލައްކަ އަށްޑިހަ ހަތް ހާސް މީހުން ބުނެފައި ވަނީ އެމީހުން ތިބީ ފިރިމީހާއަށް ނިސްބަތް ނުވެ އުޅެވޭނެ ފަދަ ގާނޫނެއް އަންނާނެ ޒަމާނެއްގެ އިންތިޒާރުގައި ކަމަށެވެ.





