ޣައްޒާ މީހުން ބައިތިއްބާނީ ބަންދުކޮށްފައިވާ ތަންތަންކޮޅުގައި ތޮއް ޖައްސާފައި: އިޒްރޭލް

ޣައްޒާ މީހުން ބަނޑަށް ޖައްސަމުން ދަނީނަމަ ޒަޔަނިސްޓުންނާއެކު ވާހަކަ ދެއްކުމުގެ މާނައެއް ނެތް ކަމަށް ހަމާސްއިން މިއަދު ބުނެފިއެވެ. ޣައްޒާގައި ހަނގުރާމަ ފުޅާ ކުރުމަށް އިޒްރޭލުން ނިންމުމުން ފްރާންސާއި ޗައިނާއިން ވަނީ އެކަން ކުށްވެރިކޮށްފައެވެ.

ޣައްޒާގައި ހަމާސްގެ ހެލްތު މިނިސްޓަރު ބާސިމް ނައީން ވިދާޅުވީ ބަނޑަށް ޖެއްސުމުގެ ސިޔާސަތު ކުރިއަށް ގެންދާއިރު އެންމެ ރަނގަޅު ވާނީ ހަތިޔާރު އަޅައިގެން އިޒްރޭލާ ދެކޮޅަށް ނިކުތުން ކަމަށެވެ.

އިޒްރޭލުގެ ކެބިނެޓުން ޣައްޒާ އެއްކޮށް ހިފުމަށް ނިންމުމާ ގުޅިގެން އެކަމަށް ވަޒީރުން ވަނީ މަރުހަބާ ކިޔާފައެވެ، އިޒްރޭލުގެ މާލީ ވަޒީރު ޒަޔަނިސްޓު ބެލާޒިލް ސްމޮރިޗު ބުނެފައި ވަނީ އިޒްރޭލުން ޣައްޒާ ހިފުމަށްފަހު ޣައްޒާގެ އާބާދީތައް ބައިތިއްބާނީ ބަންދުކޮށްފައިވާ ތަންތަންކޮޅުގައި ތޮއް ޖައްސާފައި ކަމަށެވެ. އަދި އެމީހުންނަށް އެހެން ތަންތަނަށް ނު ދެވޭ ގޮތަށް އެތަންތަން ވަށާލައިގެން އިޒްރޭލު މީހުން ތިބޭނެ ކަމަށެވެ.

ބަސިމް ނައީމް ވިދާޅުވީ އިޒްރޭލުގެ ނާޒީ ބޮޑު ވަޒީރު ނަތަންޔާހޫ ހިންގަމުން ގެންދަނީ ބަނޑަށް ޖެއްސުމާއި ބޯފެނާއި ބޭސްފަރުވާއިން މަހުރޫމު ކުރުމުގެ ޖަރީމާއެއް ކަމަށެވެ.

މިއީ އިޒްރޭލު މީހުން ހިންގާ މިފަދަ އެންމެ ފުރަތަމަ އަދި އެންމެ ފަހު ޖަރީމާއެއްވެސް ނޫނެވެ. އެމީހުން މީގެ ކުރިން ސަބްރާ ޝަތީލާގައި ގަތުލުއާންމު ހިންގައި ފަލަސްޠީނު މީހުން ބަނޑަށް ޖައްސައި މައްޔިތުންގެ މުޅަ މަސް ކާން ޖެއްސި ހާދިސާއަށް ވެސް ދުނިޔެއިން ދިނީ ކަނު ލޮލެކެވެ. އެ ޖަރީމާ ހިންގުމުގައި އިސްކޮށް އުޅުނު އޭރުގެ ދިފާއީ ވަޒީރު އެރިއެލް ޝެރޯނަށް ލިބުނު އަދަބަކީ، 8 އަހަރު ވަންދެން މަރުގެ ސަކަރާތުގައި ފުޅައަޅާފައިވާ ދާނެއްގައި އޮވެ މަރުވެ ދިއުމެވެ.

ހިއްސާ ކުރައްވާ!