ސަންޢާއަށް ބޮން އެޅުމަށް ކުރި ދަތުރުގައި އިޒްރޭލުގެ މަތިންދާ ބޯޓުތަކުން 5 ގަޑިއިރު ހޭދަ ކޮށްފައި ވެއެވެ. އިޒްރޭލްގެ ނަގެވް ސަހަރާއިން އެފް35 މަރުކާގެ ބޯޓުތައް ސަންޢާ އެއާޕޯޓަށް ބޮން އެޅުމަށް ކުރި ދަތުރުގައި އެއްކޮޅަށް 2 ގަޑި އިރާއި ބައި ހޭދަވެފައި ވެއެވެ. އަދި ކޮންމެ ބޯޓަކުން 15 މިނެޓް ވަންދެން ބޮން އެޅުމުގައި އުޅެފައި ވެއެވެ. އެނބުރި އައުމަށްވެސް ދެގާދި އިރާއި ބައި ހޭދަ ވެއެވެ.
މި ބޯޓުތައް ރެޑްސީ މަތިން އުދުހިފައި ދިޔައީ ސައޫދީ އަރަބިއްޔާގެ ބޯޑަރާ ކައިރި ސަހައްދުންނެވެ. އަދި ބޯއިންގ 707 މަރުކާގެ ރީމް މަތިން ދާބޯޓުން ވައިގެ ތެރޭގައި ތެޔޮ އަޅާ ދީފައި ވެއެވެ.
ސަންޢާއަށް ބޮން އެޅި ބޯޓުތައް ސައޫދީ ވައިގެ ސަރަހައްދާ ކައިރިން ދަތުރު ކޮށްފައިވާ އިރު ބައެއް ބޯޓުތައް ސީދާ މިސްރުގެ ވައިގެ ސަރަހައްދު ބޭނުން ކޮށްފައި ވާނެއެވެ. އިޒްރޭލަށް ޢަޤަބާއާ ދިމާއިން ރެޑްސީއަށް މިސްރުގެ ވައިގެ ސަރަހައްދު ބޭނުން ކުރުމަކީ 50 އަހަރު ވެފައިޥާ ކޭމްޕް ޑޭވިޑް ސުލްހައިގެ މުއާހަދާގެ ދަށުން ހުއްދަ ކަމެކެވެ. އަދި މިސްރުން އެކަމަށް އިއުތިރާޒް ނުކުރެވޭނެ ކަމެކެވެ.
ސަންޢާ އެއާޕޯޓަކީ ހޫސީން ކޮންޓްރޯލު ކުރާ އަދި އީރާނުން އުފައްދާފައިވާ ވައިގެ ދިފާއީ ނިޒާމު ބޭނުން ކުރާ އެއާޕޯޓެކެވެ. ނަމަވެސް އިންޓަރނޭޝަނަލް މީޑިއާ އަށް ސަންޢާއިން ރިޕޯޓު ކުރެވިފައި ނެތުމުން ހޫސީން ޒަޔަނސްޓު ސިފައިންނާ އެންގޭޖު ވެފައިވާ ކަމަކަށް އެނގޭކަށް ނެތެވެ.





