ފަލަސްޠީނުގެ މިނިވަންކަމަށް ކުރާ މަސައްކަތް އެމެރިކާގެ ޚާރިޖީ ސިޔާސަތުގައި މާބޮޑު އަހައްމިއްޔަތެއް ނުދޭން ޓްރަމްޕް ނިންމަވައިފިއެވެ. ޖޯ ބައިޑެންގެ ވެރިކަމުގައި ފަލަސްޠީނު މީހުންނާ އެމރިކާއިން މުއާމަލާތު ކުރުމަށް ހިފާފައިވާ ޤުދުސްގައި ކޮންސިއުލާ އޮފީހެއް ހުޅުވާފައި ހުއްޓެވެ. މިއީ އިޒްރޭލު މީހުންނާއި އިޒްރޭލުގެ ކަންކަމަށް ހުޅުވާފައި ހުރި އޮފީހާ ތަފާތު އޮފީހެކެވެ.
ޓްރަމްޕް ވަނީ މި އޮފީސް ބަންދުކޮށް އެތާގެ މަސައްކަތް އެމެރިކާގެ އެމްބަސީއަށް ބަދަލު ކުރުމަށް އަންގަވާފައެވެ. އަދި އެމެރިކާގެ ސިޔާސަތަށް އައިސްފައިވާ ބަދަލު ފާހަގަ ކޮށްފައި ވަނީ ފަލަސްޠީނާއެކު އެމރިކއިން ބާއްވާ ގުޅުމުގެ ފެންވަރު ދަށް ކުރުމެއް ކަމުގައެވެ.
އެމެރިކާގެ ޓްރަމްޕް ރައީސްގެ ސަރުކާރަކީ ހަރުކަށި ޒަޔަނިސްޓު ޚިޔާލުގެ މަސްއޫލުވެރިން ގިނަ ސަރުކާރެކެވެ. އަދި އެމެރިކާއިން އިޒްރޭލަށް ފޮނުވާފައވާ ސަފީރު މައިކް ހަކަބިއަކީ ޣައްޒާއާއި ހުޅަނގު އައްސޭރިއަކީ އދގެ ގަރާރުތަކާ ޚިލާފަށް އިޒްރޭލުގެ ބައެއްގެ ގޮތުގައި ބެލުމަށް ބާރުއަޅާ މީހެކެވެ. އެމެރިކާގެ ކޮންގްރެސްގެ ބައެއް މެމްބަރންވެސް އެޚިޔާލަށް ތާއީދު ކުރަމުން ދެއެވެ.





