ބަލޫޗިސްތާނުގައި ސަލާމަތީ ބާރުތަކާއި އާންމު ރައައްޔިތުންނަށް އަމާޒުކޮށްގެން ހިންގި ޓެރަރިސްޓް އަނިޔާވެރި ހަމަލާތަކެއްގެ ވާހަކަ އޮފިޝަލުން ރިޕޯޓުކޮށް ފައިވެއެވެ. ޖިވާނީގެ ދަޝްތު ނަލާ ސަރަހައްދުގައި ރިމޯޓް ކޮންޓްރޯލް އައިއައިޑީ އަކުން ޕާކިސްތާން ކޯސްޓް ގާޑްސްގެ ޕެޓްރޯލު ކުރަމުން ދިޔަ ސިފައިންގެ ވެހިކަލަކަށް ހަމަލާދީފައި ވެއެވެ. އަދި، ކޯސްޓްގޑުގެ 2 މުވައްޒަފަކަށް އަނިޔާވިއެވެ. މި ބޮން ގޮވުމުގައި އެ ވެހިކަލަށް ގެއްލުންވިނަމަވެސް، ދެންތިބި ކޯސްޓްގާޑު 3 މުވައްޒަފުންނަށް އެއްވެސް އަނިޔާއެއް ނުވެއެވެ. އަނިޔާވި މީހުންނަށް ފުރަތަމަ އެ ސަރަހައްދުގައި ފަރުވާދިނުމަށްފަހު، އިތުރު ފަރުވާއަށްޓަކައި ގްވާދަރަށް ބަދަލުކުރެވުނެވެ. ސަލާމަތީ ބާރުތަކުން ވަނީ އެ ސަރަހައްދު ބަންދުކޮށް ތަޙުޤީޤު ކުރިއަށް ގެންގޮސްފައެވެ. އެކްސް ގައި ކުރި ޕޯސްޓުތަކުން ދައްކާގޮތުގައި ބަލޫޗް ލިބަރޭޝަން އާމީ އިން މި ހަމަލާގެ ޒިންމާ ނަގާފައިވެއެވެ. ނަމަވެސް މިކަން ރަސްމީކޮށް ކަށަވަރުކުރެވިފައެއް ނުވެއެވެ. މިއީ ގިނަ ޓެރަރިސްޓް ހަމަލަތަކެއް ދޭ ޖަމާއަތެކެވެ.
މީގެ އިތުރުން، ޕިޝިންގެ ހުރަމްޒައި ތެހްސީލްގައި ގޮވާ ތަކެތި ހަރުކޮށްފައިވާ މޮޓޯސައިކަލެއް ވެސް މަސްއޫލުވެރިއެއްގެ ކާރު ކައިރީގައި ގޮވާލުމުން، އެ ކާރަށް ގެއްލުންވެފައި ވެއެވެ. އެހެންނަމަވެސް އެ އޮފިޝަލަށް އަނިޔާއެއް ނުވިއެވެ.
ހުޒްދާރުގެ ވާދު ސަރަހައްދުގައި ޝައްކުކުރެވޭ މޮޓޯސައިކަލެއްގައި ހަރުކޮށްގެން ގޮއްވާލަން އުޅުނު 10 ކިލޯގެ ގޮވާ ތަކެތި ނައްތާލައި، އެ ސަރަހައްދަށް ދޭން ގަސްދުކުރި ހަމަލާއެއް ހުއްޓުވާލިކަމަށް އެ ސަރަހައްދުގެ އެސިސްޓެންޓް ކޮމިޝަނަރ އަލީ އަކްބަރު ކަށަވަރުކޮށްދީފައިވެއެވެ.
މީގެ އިތުރުން، ޒެހްރީ ބަޒާރުން އަސްފަންދު ސާލެހްޒާއި ނަމަކަށް ކިޔާ މީހަކު ހަތިޔާރު ދައްކައިގެން ވަގަށް ނަގައިގެން ގެންގޮސްފައިވާތީ އެ ސަރަހައްދުގެ ހާލަތު ގޯސްވެފައިވެއެވެ.
މި ހާދިސާތަކުން ދައްކުވައިދެނީ ހަމަނުޖެހުން ބޮޑު ބަލޫޗިސްތާނުގެ ސަލާމަތީ ހާލަތު ދަށް ވަމުންދާކަމެވެ. އަދި ޓެރަރިސްޓް ޖަމާއަތް ކަމަށްވާ ބަލޫޗް ލިބަރޭޝަން އާމީގެ ބައިވެރިވުން ހިމެނޭ ކަމަށް ބުނެވޭ ކަންތައްތަކުން ދައްކުވައިދެނީ އެ ސަރަހައްދުގައި ޓެރަރިޒަމްގެ ހަރަކާތްތައް އިތުރުވަމުންދާކަމެވެ. މި ހަމަލާތައް ދިން ފަރާތްތައް އަދި ހޯދައި ގަނެވިފައެއް ނުވެއެވެ. ނަމަވެސް މި ހަމަލާތަކަކީ ޓެރަރިސްޓުން ރާވައިގެން ދީފައިވާ ހަމަލަތައް ކަން ޔަގީނެވެ.





