އިންޑިއާ ސަރުކާރުން ބުނެފައިވަނީ ޕާކިސްތާނުން ހުޅަނގު ބޯޑަރު ހުރަސްކޮށް 300-400 އެއއްހައި ޑްރޯން ފޮނުވާލާފައިވާ ކަމަށާއި އޭގެ ތެރެއިން ގިނަ ޑްރޯންތަކެއް އިންޑިއާގެ ވައިގެ ދިފާއީ ބާރުތަކުން ވައްޓާލާފައިވާ ކަމަށެވެ

ޖަމްމޫ، ސްރީނަގަރު، އަދި ޕަޓާންކޮޓް ސިޓީތަކަށް ހަމަ ދޭން އުޅުމުން އެންޓި އެއާކްރާފްޓް އެކްޓިވޭތް ކޮށް އެ ސަރަހައްދުތައް ހައި އެލާޓަށް ގެނަސްފި.
🔴 ޕާކިސްތާނުގެ ހަމަލާތައް އަމާޒު ކޮށފައި ވަނީ ރާޖޯރީގައި އަދި އިންޑިއާގެ އުތުރާއި ހުޅަނގު ބޯޑަރުތަކުން ޖަމްމު ކަޝްމީރުން ފެށިގެން ގުޖުރާތާ ހަމައަށް އެތައް ޑްރޯން ހަމަލައަކުން.
🔴 ޕަޓާންކޯޓާއި އުދާމްޕޫރުގައި މެދުކެނޑުމެއްނެތި ގޮވުންތަކުގެ އަޑު އިވިފައިވާ ކަމަށް ރިޕޯޓްކޮށްފައިވޭ. މިހާރު ހިނގަމުންދާ އިންޒާރުތަކަށް ސިފައިން ރައްދުދޭއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގޭތެރޭގައި ތިބުމަށް ރައްޔިތުންނަށް އަންގާފައިވެ އެވެ.
🔴 ހަތިޔާރު އެޅި ޕާކިސްތާނުގެ ޑްރޯނެއް ޕަންޖާބުގެ ފީރޯޒްޕޫރުގެ އާންމު އުޅޭ ސަރަހައްދަކަށް ވެއްޓި އާއިލާއެއްގެ ބަޔަަކަށް އަނިޔާވެއްޖެ އެވެ.
🔴 އިންޑިއާ ސިފައިން ކަށަވަރުކޮށްދީފައިވާ ގޮތުގައި ޕާކިސްތާނުގެ ޑްރޯންތައް ރޭ 26 ތަނަކުން ފެނިފައިވޭ. އެއީ ކަޝްމީރުގެ ބަރަމުލާއިން ފެށިގެން ގުޖުރާތުގެ ބުޖް އާއި ހަމައަށް.
"އިންޑިޔާގެ އަސްކަރީ ބޯޓުތަކުން، ވައިގެ މަގުން މިސައިލްތައް ފޮނުވާލީ…ޕާކިސްތާންގެ ނޫރު ޚާން ބޭސް، މުރީދު ބޭސް، އަދި ޝޯކޯޓް ބޭސް ތަކަށް،" ޕާކިސްތާނުގެ އަސްކަރީ ތަރުޖަމާނު ލެފްޓިނެންޓް ޖެނެރަލް އަހުމަދު ޝަރީފް ޗައުދަރީ ޓީވީން ދެއްކި ބަޔާނެއްގައި ވިދާޅުވި
އިންޑިއާއަށް ސައިބާ ހަމަލަތަކެއްދީ، އިންޑިއާގެ ކަރަންޓު ވިއުގައަށްވެސް ޕާކިސްތާނުން ހަމަލަ ދީފި: ޕާކިސްތާން މީޑިއާ
ޕާކިސްތާނުގެ ވައިގެ ސިފައިންގެ ޖޭއެފް-17 ތަންޑަރގެ ހައިޕަރސޮނިކް މިސައިލްތަކުން އުދާމްޕޫރުގައި ހުންނަ އިންޑިއާގެ އެސް-400 ސިސްޓަމް ނައްތާލާފައިވާ ކަމަށް ދައުލަތުގެ ޕީޓީވީ ނިއުސް އިން ބުނެފިއެވެ.
އެސް-400 އެއާ ޑިފެންސް ސިސްޓަމްގެ އަގު ގާތްގަނޑަކަށް 1.5 ބިލިއަން ޑޮލަރު ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. އިންޑިއާއިން އަދި އެއްޗެއ ްނުބުނެއެވެ.
ބުންޔާނުންމަރުސޫސް ބަހުސްކުރުމަށް ޕާކިސްތާން ބޮޑު ވަޒީރު ނޭޝަނަލް ކޮމާންޑް އޮތޯރިޓީގެ ކުއްލި ބައްދަލުވުމަކަށް ގޮވާލައްވައިފި
މިހާތަނަށް 4 މިލިޓަރީ އެއާ ބޭސްއަކަށް ބޮން އަޅައި ޑްރޯން ލޯންޗް ސައިޓް އެއްތަން އެއްކށް ހަލާކުކށްލާފައިޥާ ކަމަށް އިންޑިއާއިން ދެންމެ ބުނެފި
އޯލް އިންޑިއާ މެޑިކަލް ސައިންސަސް ހަސްފަތާލް ބުބަނޭޝްވަރް އިން ހުރިހާ ޗުއްޓީތައް ކެންސަލް ކޮށް އެންމެން ވަޒީފާއަށް ރިޕޯޓު ކުރުމަށް އަންގައިފި.
ބުބަނޭޝްވަރު ހަސްފަތާލުން ވަނީ ޗުއްޓީ އާއި ސްޓޭޝަން ޗުއްޓީ ހިމެނޭ ގޮތަށް ހުރިހާ ބާވަތެއްގެ ޗުއްޓީތަކއެް ކއެންސަލް ކުރިކަން އަންގައި ވަޒީފާއަށް ނިކުންނަން ގޮވާލާފަ އެވެ.
ޕާކިސްތާނުގެ ތިން އެއާބޭސްއަކަށް އިންޑިއާއިން ހަމަލަ ދީފި
އޮޕަރޭޝަން ސިންދޫގެ ތެރޭން އިންޑިއާއިން ބިމުން ޖައްވަށް ފޮނުވާލާ މިސައިލްގެ ނިުޒާމު އެކްޓިވޭޓް ކޮށްފި
ސްރީނަގަރާއި ވަށައިގެންވާ ސަރަހައްދުތަކާ ގުޅޭ ގޮތުން ޕާކިސްތާނާ އެކު ބޮޑެތި ބަދަލުތަކެއް އަންނަނީ؛ އެކަމުގެ ރައްދުގެ ގޮތުން އިންޑިއާގެ ސިފައިން ވަނީ ސަރަހައްދުން ވައިގެ މަގުން މިސައިލް ސިސްޓަމްތައް އެކްޓިވޭޓްކޮށްފަ އެވެ.
އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ބަދަލު ކުރަން ފަށާފައިވާ އަސްކަރީ ހަމަލާގައި ޖަމްމޫ އެންޑް ކަޝްމީރުގެ ޗީފް މިނިސްޓަރު އުމަރު އަބްދުﷲ ވިދާޅުވީ ޖައްމޫ ކަޝްމީރު އެޑްމިނިސްޓްރޭޝަން ސާވިސަސްގެ އޮފިސަރެއް މަރުވި ކަން އިއުލާން ކުރައްވާފަ. އެޑިޝަނަލް ޑިސްޓްރިކްޓް ޑިވެލޮޕްމަންޓް ކޮމިޝަނަރު ރާޖް ކުމާރު ތައްޕާގެ ގެއަށް ވަނީ ޕާކިސްތާނުން ރާޖޯރީ ޓައުން އަށް ދިން ހަމަލަ އަމާޒު ވެފަ އެވެ.
އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އުޑުމަތީގައި ޕާކިސްތާނުގެ ޑްރޯންތައްހަރަކާތްތެރި ވަނީ: ޕީޓީވީ
އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އުޑުމަތީގައި ޕާކިސްތާނުގެ ޑްރޯންތައް ހަރަކާތްތެރިވަމުންދާ ކަމަށް ޕާކސިްތން ސަރުކާރު މީޑިއާ ޕީޓީވީ ނިއުސް އިން ބުނެފި އެވެ.
އިންޑިއާގެ ސިވިލް އޮޕަރޭޝަންތަކަށް 32 އެއާޕޯޓެއް ބަންދުކޮށްފި އެވެ
އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ (އޭއޭއައި) ން ވަނީ މެއި މަހުގެ 9 އިން މެއި 14 އަށް ހުރިހާ ސިވިލް ފްލައިޓް އޮޕަރޭޝަނަކަށް މުޅި އުތުރާއި ހުޅަނގު އިންޑިއާގެ 32 އެއާޕޯޓެއް ވަގުތީ ގޮތުން ބަންދު ކަން އިއުލާންކޮށް ނޯޓިސްތަކެއް ނެރެފަ އެވެ.
މި ނޮޓަމްގެ ސަބަބުން ތިރީގައިވާ އެއާޕޯޓްތަކަށް އަސަރުކުރެއެވެ.
1. އުދާމްޕޫރު
2. އަމްބާލާ
3. އަމްރިޓްސާރ
4. އަވަންތިޕޫރު
5. ބަތިންދާ
6. ބުޖް
7. ބައިކަނޫރު
8. ޗަންދީގަޅު
9. ހަލްވާރާ
10. ހިންދޫން
11. ޖައިސަލްމާރް
12. ޖައްމޫ
13. ޖާމްނަގަރު
14. ޖޯދުޕޫރު
15. ކަންދާލާ
16. ކަންގްރާ (ގައްގަލް) .
17. ކެޝޯދު
18. ކިޝަންގަރު
19. ކުއްލޫ މަނަލީ (ބުންތަރު) .
20. ލެހް
21. ލުދިއާނާ
22. މުންދްރާ
23. ނާލިޔާ
24. ޕަޓާންކޮޓް
25. ޕަޓިއާލާ
26. ޕޯރްބަންދަރު
27. ރާޖްކޮޓް (ހިރާސާރު) .
28. ސަރްސާވާ
29. ޝިމްލާ
30. ސްރީނަގަރު
31. ތޯއިސް
32. އުއްތަރުލައި
މި މުއްދަތުގެ ތެރޭގައި މި އެއާޕޯޓްތަކުގައި ހުރިހައި ސިވިލް ހަރަކާތްތަކެއް މެދުކަނޑާލާނެ އެވެ.
އަސްކަރީ މަރުކަޒުތަކަށ ްހަމަލަ އަމާޒު ކުރަމުން ދަނީ:
އިސްލާމްއާބާދާއި ލާހޯރު ފަދަ ފަސް ސިޓީއަކަށް ބޮން އަޅާފައިވޭ.
ރިޕޯޓްތައް ބުނާ ގޮތުގައި ޕާކިސްތާނުގެ އިސްލާމްއާބާދު، ލާހޯރު، ޝޯރކޯޓް، ޖަންގް އަދި ރާވަލްޕިންޑީ އަށް ބޮން އަލައިފިއެވެ. ޝޯރކޯޓްގައި ގޮވުންތަކުގެ އަޑު އިވުނީ ރަފީގީ އެއާބޭސް ކައިރިންނެވެ، ހަމަލަތައް އަމާޒުކޮށްފައި ވަނީ އަސްކަރީ މަރުކަޒުތަކަށެވެ.
ޕާކިސްތާނުން ވައިގެ ސަރަހައްދު އެއްކޮށ ްބަންދުކޮށްފި
ޖީ7 ގައުމުތަކުން އިންޑިއާ އާއި ޕާކިސްތާނުން ނަފްސް ކޮންތްރޯލު ކުރުމަށް ގޮވާލައިފި
ގްރޫޕް އޮފް ސެވަން (ޖީ7) ގެ ސިނާއީ ގައުމުތަކުން އިންޑިއާ އާއި ޕާކިސްތާނުން ވެސް ނަފްސް ކޮނޓްްރޯލު ކުރުމަށް ގޮވާލާފައި. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ފިތުނަތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި ސީދާ މަޝްވަރާތަކަށް ގޮވާލާފައިވެ އެވެ.
އިންޑިއާ އާއި ޕާކިސްތާނުގެ ހަމަނުޖެހުން އިތުރުވަމުންދާ ދަނޑިވަޅުގައި އިންޑިއާ ސަރުކާރުން ހެނދުނު 10 ޖަހާއިރު މީޑިއާ ބްރީފިން ބާއްވަން ނިންމައިފި އެވެ
މެއި މަހުގެ 10 ވަނަ ދުވަހު ޕާކިސްތާނުގެ ސިޓީތަކުގައި ގޮވުމުގެ އެތައް ހާދިސާއެއް ރިޕޯޓްކޮށްފައިވާއިރު، އޭގެ ތެރޭގައި ރާވަލްޕިންޑީ އާއި ޝޯރކޯޓްގެ އެއާބޭސްތައް ހިމެނެ އެވެ.
އިންޑިއާގެ ރައްދު ބަޔާން:
ޕާކިސްތާނުގެ ތިން އެއާބޭސްއަކަށް އިންޑިއާއިން ހަމަލާދިން ކަމަށް އިންޑިއާ ސަރުކާރުގެ މަސްދަރުތަކުން ބުނެފި އެވެ. ޖައްމޫގައި ޖެހިޖެހިގެން ދެވަނަ ދުވަހު ސައިރެންސް އަޅާފައި ވަނީ ޕާކިސްތާނުން ޖަމްމޫ އެންޑް ކަޝްމީރުގެ ޕޫންޗާއި އުރީ ގައި ހަމަލަ ދިނުމުންނެވެ. ޖައްމޫގައި ގޮވުންތަކުގެ އަޑު އިވިފައިވެއެވެ. އެ ސަރަހައްދުގައި ވެސް ޖެހިޖެހިގެން ދެވަނަ ރޭ ކަރަންޓް ކަނޑާލާފައި އެވެ. މީގެ އިތުރުން އިންޑިއާ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ރިޔާސަތު ބަލަހައްޓަވައިގެން ސިފައިންނާއި ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިންގެ އިސްވެރިންނާއެކު މަތީ ފެންވަރުގެ ސަލާމަތީ ބައްދަލުވުމެއް ބާއްވަވައިފިއެވެ. އިންޑިއއިން ބުނަނީ އައި ހުރިހާ އިންޒާރުތަކެއް އިންޑިއާއިން ކާމިޔާބުކަމާއެކު ނާކާމިޔާބ ކޮށްފައި ވާނެ ކަމަށެވެ.
ޕާކިސްތާންގެ މިނިސްޓަރ އަލީމް ޚާން ވިދާޅުވަނީ އިންޑިއާއާ ދެކޮޅަށް "އޮޕަރޭޝަން ބުންޔާނުން މަރްޞޫޞް" ފެށިއްޖެކަމަށް އިއުލާން ކުރައްވައިފިއެވެ. މުވާޞަލާތާބެހޭ މިނިސްޓަރ އަބްދުލް އަލީމް ޚާން ވިދާޅުވެފައިވަނީ "ދުޝްމިނުންނާ" ދެކޮޅަށް އޮޕަރޭޝަން ބުންޔާނުން މަރްޞޫޞް ފަށައިފިކަމަށެވެ.
"ޕާކިސްތާން ދެމިއޮތުން ދާއިމީވާނެއެވެ – އަޅުގަނޑުމެންގެ ބާޒުތައް ރައްކާތެރިކުރެއްވުން އެދި މާތްﷲ އަށް ދުޢާ ދަންނަވަމެވެ،" މިނިސްޓަރު އެކްސްގައި ޕޯސްޓެއްގައި ވިދާޅުވިއެވެ. އިންޑިއާގެ ބިއާސް ސަރަޙައްދުގައި ހުރި ބްރަހްމޯސް މިސައިލް ރައްކާކުރާ ތަނެއް 'އޮޕަރޭޝަން ބުންޔާނުން މަރްޞޫޞް' ގައި ހަލާކުކޮށްލައިފި ކަމަށް ބުނެފައި ވެއެވެ.
ޕާކިސްތާނުގެ ސިފައިން ވަނީ އިންޑިއާގެ ބިއާސް ސަރަޙައްދުގައި ހުރި ބްރަހްމޯސް މިސައިލްތައް ރައްކާކުރާ ތަނެއް "ބުންޔާނުން މަރްޞޫޞް" އޮޕަރޭޝަންގެ ދަށުން ހަލާކުކޮށްލައިފައިކަމަށެވެ. އަދި ސަލާމަތީ ވަސީލަތްތަކުން ނަގާފައިވާ ޚަބަރެއްގައި ސަރުކާރުގެ މީޑިއާ ޕީޓީވީ ނިއުސް އަދި ރޭޑިއޯ ޕާކިސްތާނުން އެކަން ރިޕޯޓުކޮށްފައިވެއެވެ.
"ބުންޔާނުން މަރްޞޫޞް" ގެ މާނައަކީ ވަރުގަދަ އަސާސެކެވެ.
އެ ބަޔާނުގައި ބުނެފައިވަނީ އިންޑިއާގެ އިތުރު ތަންތަނަށްވެސް ހަމަލާ ދެމުންދާ ކަމަށެވެ. އަދި އުދދަމްޕޫރުގައި ހުރި އެއަރ ބޭސްއަކާއި ޕަޓާންކޯޓުގައި ހުރި އެއަރފީލްޑެއްވެސް ހަލާކުކޮށްލެވިފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.



