ޕާކިސްތާންގެ ވައިގެ ސިފައިންގެ މަރުކޒުތައް:
ނޫރު ޚާން އެއާ ބޭސް، ރާވަލްޕިންޑީ
އިސްލާމްއާބާދާއި 10 ކިލޯމީޓަރު ދުރުގައި އޮންނަ އަދި ޕާކިސްތާނުގެ އަސްކަރީ މައި މަރުކަޒާ ޖެހިގެން އޮންނަ ނޫރު ޚާން ބޭސްއަކީ އެގައުމުގެ އެންމެ މުހިންމު އަދި އެންމެ ރައްކާތެރި އެއް އެއާބޭސް އެވެ. ކުރިން ޗަކްލާލާގެ ނަމުން މަޝްހޫރު މި ބޭސްގައި ވީއައިޕީ ޓްރާންސްޕޯޓް މަތިންދާބޯޓުތަކާއި ވައިގެ ސިފައިންގެ ކޮލެޖް ޗަކްލާލާ ހިމެނެ އެވެ. މިއީ ޕާކިސްތާނުގެ އެންމެ ހިމާޔަތްކޮށްފައިވާ އަސްކަރީ އެސެޓް ވެސް މެއެވެ.
މުރީދު އެއާ ބޭސް، ޗަކްވާލް
މި މަރުކަޒަކީ ޕާކިސްތާނުގެ ޑްރޯން އޮޕަރޭޝަންތަކުގެ މަރުކަޒީ ހަބެއްގެ ގޮތުގައި ބޭނުން ކުރާ މަރުކަޒު އަދި ތެރޭގައި ދާދި ފަހުން އިންޑިއާއަށް ހަމަލާތައް ދިން މރުކަޒެވެ. އެއީ ޝަހުޕާ-1 އަދި ބައިރަކްތާރު ޓީބީ2 ފަދަ ޒަމާނީ ޑްރޯންތައް އޮޕަރޭޓްކުރާ ސްކޮޑްރަންތައް ހޯސްޓްކުރާ މަރުކަޒެވެ. އިންޑިއާއިން މުރީދަށް ހަމަލާދީ ފައި ވަނީ ޑްރޯންގެ ބާރު ކަނޑުވާލުމަށެވެ. އިންޑިއާއަށް 300އާއި 400 ޑްރޯންގެ ހަމަލަ އެއްފަރާ އަމާޒު ކުރާ ކަމަށް ބުނެއެވެ.
ރަފީގީ އެއާ ބޭސް، ޝޯކޯޓް
ޖޭއެފް-17 އަދި މިރާޖް ފައިޓާ ޖެޓްތައް ބާއްވާ ޕަންޖާބު ޕްރޮވިންސްގައި ސްޓްރެޓެޖިކް މަރުކަޒެއްގެ ގޮތެއްގައި ހުންނަ މި ބޭސްއަކީ ބޯޑަރު ހުރަސްކޮށް ހަލުވިކަމާއެކު އައިގެ އެސެޓްތައް ޑިޕްލޮއި ކުރުމަށް އެހީތެރިވެދޭ ބޭސްއެކެވެ. ޗައިނާއިން އުފައްދާ ހަތިޔާރު ބޭނުންކޮށްގެން އިންޑިއާއަށް ދާދިފަހުން ވައިގެ ހަމަލާ ދިނުމަށް އިސް ދައުރެއް އަދާކުރި މަރުކަޒެކެވެ. މި އިންފްރާސްޓްރަކްޗާގެ ސަބަބުން ޕާކިސްތާނުގެ ވައިގެ ދިފާއީ ދާއިރާގައި މިތަނަކީ މުހިންމު ބޮޑު އެސެޓެކެވެ.
ޕާކިސްތާނުން ދިން ހަމަލާގައި:
އިންޑިއާހެ އަދާންޕޫރގެ އެސް400 ގެ ވައިގެ މިސައިލް ދިފާއީ ނިޒާމެއް ހަލާކު ކޮށްފއިވާ ކަމަށް ޕާކިސްތާނުން ބުނއެވެ.
ރާޖޯރީގެ މިލިޓަރީ އިންޓެލިޖެންސް ޓްރެއިނިން މަރުކަޒަށް ބޮން އަޅާފައިޥާ ކަމަށް ބުނޭ.
ސިރްސާ އެއާފީލްޑް ހަލާކޮށްލި ކަމަށް ޕާކިސްތާނުން ބުނޭ.
ކަރަންޓު އަދި ސައިބާ ވިއުގައަށް ހަމަލަދިން ކަމަށް ބުނޭ.




