ފަލަސްޠީނުގެ ފަންނުވެރިކަން ދައްކައިދޭ މައުރަޒެއް އެޑިންބަރާގައި

އެޑިންބަރާގައި ޔޫރަޕްގައި އިފްތިތާހު ކުރާ ފަލަސްޠީނުގެ މި ޒަމާނުގެ ފަންނުވެރިކަން ދައްކައިދޭ މިއުޒިއަމް މިމަހު 17 ގައި ހުޅުވާނެއެވެ.

މިއީ ފަލަސްޠީނު އެމެރިކާ ވިޔަފާރިވެރިއެއް ކަމުގައިވާ ފައިޞަލް ޞާލިޙް އިސްނަގައިގެން ކުރިއަށް ގެންދާ ފާހަގަކުރެވޭ މަޝްރޫޢެކެވެ. މި މިއުޒިއަމް ހުންނާނީ ތާރީޚީ ޖޯޖިއަން ނިއު ޓައުންގަ އެވެ. މިއީ 2018 ވަނަ އަހަރު ކަނެކްޓިކެޓްގައި އުފައްދާފައިވާ ޕަލެސްޓައިން މިއުޒިއަމް ޔޫ.އެސްގެ އިތުރު ގޮތްޕެކެވެ. މި މިއުޒިއަމްގެ މަޤްޞަދަކީ ފަލަސްޠީނު ފަންނާނުންނަށް މުހިންމު މަންޞައެއް ހޯދައި ދިނުމާއި، ހުޅަނގުގައި ފަލަސްޠީނު ޘަޤާފީ ހަރަކާތްތަކަށް ކުރިމަތިވާ ސެންސަރޝިޕްއަށް ގޮންޖަހައި މީހުން ހޭލުންތެރި ކުރާށެވެ.

މި މިއުޒިއަމް ހުޅުވުމަށް އެޑިންބަރާ ހޮވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ސާލިހު ބުނަނީ އެ ރަށުގެ ދިރުންހުރި ޘަޤާފީ މަސްރަޙާއި ފަލަސްޠީނަށް ލިބޭ ވަރުގަދަ ސަޕޯޓާއި އެހީތެރިކަން ހިމެނޭކަމަށެވެ.

މި މިއުޒިއަމްގައި ހުންނާނީ ކުރެހުންތަކާއި، ބުދުތަކާއި، އަދި ފަލކަސްޠީނުގައިއާއި ފަލަސްޠީނުން ބޭރުގައި ދިރިއުޅޭ ފަންނާނުންގެ މަސައްކަތްތަކެވެ. މީގެ ތެރޭގައި ސްކޮޓްލެންޑްގެ ފަންނުވެރިއެއް ކަމަށްވާ އަމަންޑާ އެޑްލަރ ހަދާފައިވާ ބަންދުކޮށްފައިވާ ޣައްޒާގެ ހޮސްޕިޓަލް ޑިރެކްޓަރު ޑރ. ޙުސާމް އަބޫ ސަފިއްޔާއށް ހަދާފައިވާ ލޮއި ބުދެއްވެސް ހިމެނެއެވެ. އަދި ފަލަސްޠީނުގެ އަމިއްލަވަންތަކަމުގެ ނިޝާނެއް ކަމަށްވާ ކަފިއްޔާވެސް މިތާގައި ދައްކުވައިދޭނެއެވެ.

ޔަހޫދީން މޭކަރާ ފަދަ މި ފުރަތަމަ މައުރަޟުގައި ދައްކުވައިދޭނީ ވޭތުވެދިޔަ ދިހަ އަހަރުގެ ފަލަސްޠީނު ފަންނަށް އައިސްފައިޥާ ބަދަލުތަކެވެ. މީގެ ތެރޭގައި ސާމިޔާ ޙަލަބީ އަދި ނަބީލް ޢަނާނީ ފަދަ ފަންނުވެރިން ގެ މަސައްކަތް ހިމެނޭނެއެވެ. ޞާލިޙް ވަނީ ހުޅަނގުގެ މީޑިއާއިން ފަލަސްޠީނު ސިފަކޮށް ދައްކުވައިދޭ ގޮތުގައި ތަޢައްޞުބުން ފުރިފައިވާ ކަން ފާހަގަ ކޮށް އެކަމަށް ފާޑުކިޔާފައެވެ. އަދި ފަލަސްޠީނު މީހުންގެ އިންސާނިއްޔަތުކަން ނަގާލާ ވާހަކަތަކާ ދެކޮޅަށް މަސައްކަތްކޮށް ފަލަސްޠީނުގެ ވާހަކަތައް ދުނިޔެއާ ހިއްސާކުރުމުގައި މި މިއުޒިއަމް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބުނެފައެވެ.

ޔަހޫދީ ޒަޔަނިސްޓުން ވަނީ މި މިއުޒިއަމްއާ ހަމާސްއާ ޓެރަރިޒަމްއއި މަނީލޯންޑަރިންއާ ގުޅުގައިގެން ބަދުނާމުކޮށް މައްސަލައެއް ފެންމަތިކުރެވޭތޯ ފިތުނަވެރި މަސައްކަތެއް ފަށާފައެވެ.

ހިއްސާ ކުރައްވާ!