ޕާކިސްތާނުން ރިޕޯޓުކޮށްފައިވާ ގޮތާ ޚިލާފަށް އިންޑިއާގެ އެސް-400 ވައިގެ ދިފާއީ ނިޒާމަށް ޕާކިސްތާނަށް އެއްވެސް ގެއްލުމެއް ދެވިފައި ނުވާކަމަށ އިންޑިއާއިން ބުނެ ޕާކިސްތާންގެ ވާހަކަ ދޮގުކޮށްފިއެވެ.
އެސް-400 ސިސްޓަމަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓްތަކަކީ އަސާސެއް ނެތް، ފޭކް ޚަބަރުތަކެއް ކަމަށް ޑިފެންސް އޮފިޝަލުން ބުނެފައި ވެއެވެ.
ޕާކިސްތާނުން ވަނީ އަމްރިޓުސާއަށް ތުރުކީގެ ބައިކާރ ޔިހާ 3 ކަމިކާޒޭ ޑްރޯންތައް ފޮނުވާލާފައެވެ. މި ކަމިކާޒޭ ޑްރޯންތައް ފޮނުވާލުމުން ޕަންޖާބުގެ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ނުރައްކާ ކުރިމަތިވެފައިވާ ކަމަށް އިންޑިއއިން ބުނެއެވެ. ފަތިހު ދީފައިވާ މި ހަމަލަ އިންޑިއާއިން ނައްތާލާފައިވާ ކަމަށް ބުނެއެވެ.




