ޕާކިސްތާނުން އިންޑިއާއަށް ފޯނުން ގުޅައިފި. ހަމަލަތައް ހުއްޓާލަނީ

ޕާކިސްތާނުން އިންޑިއާއަށް ފޯނުން ގުޅި ހަމަލަތައް ހުއްޓާލަން ބޭނުން ކަމަށް ބުނެފިއެވެ. ދެގައުމުންވެސް ހަމަލަތައް ހުއްޓާލަން އެއްބަސްވެފައިވާ ކަން ކަށަވަރު ކޮށްދީފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވަނީ މިއީ އޭނާ މެދުވެރިވެ ވަޑައިގެން އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހަމަލަތައ ބަދަލު ކުރަން ހަނގުރާމަ ހުއްޓާލުމަށް ނިންމި ނިންމުމެއް ކަމުގައި ވިދާޅުވެފައެވެ. އަދި މިކަމަކީ އެމެރިކާ މެދުވެރިވެގެން ކުރިއަށް ގެންދިޔަ މަޝްވަރާތަކުގެ ނަތީޖާ ކަމަށް ވިދާޅުވެއެވެ.

"ޕާކިސްތާނުގެ ޑިރެކްޓަރު ޖެނެރަލް އޮފް މިލިޓަރީ އޮޕަރޭޝަންސް (ޑީޖީއެމްއޯ) މިއަދު މެންދުރު 15.30 ގައި އިންޑިއާގެ ޑީޖީއެމްއޯއަށް ގުޅުއްވި. ދެ ފަރާތުން އެއްބަސްވީ ބިމުގައި، ވައިގެ ތެރޭގައި، އަދި ކަނޑުގައި 1700 ގަޑިއިރު (ހަވީރު 5) އިން ފެށިގެން ދެ ފަރާތުން ވެސް ބަޑިޖެހުމާއި އަސްކަރީ ފިޔަވަޅުތައް ހުއްޓާލާނެ ކަމަށް،" ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވިދާޅުވި އެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އިއުލާން ކުރައްވައި ފޮރިން ސެކްރެޓަރީ އިތުރަށް ވިދާޅުވީ "މި ވިސްނުން ތަންފީޒު ކުރުމަށް ދެފަރާތަށް ވެސް އިރުޝާދު ދީފައިވޭ. މެއި މަހުގެ 12 ވަނަ ދުވަހު އަނެއްކާވެސް ޑިރެކްޓަރ ޖެނެރަލް އޮފް މިލިޓަރީ އޮޕަރޭޝަންސް ވާހަކަ ދައްކަވާނެ" ކަމަށެވެ.

ހިއްސާ ކުރައްވާ!