އިންޑިއާގެ ބޮޑު ވަޒީރުގެ ރިއާސަތުގައި ބާއްވާ ބައްދަލުވުމެއ ްފަށައިފިއެވެ. ސިފައިންގެ 3 ގޮފީ ވެރިންނާއި ޑިފެންސް ޚާރިޖީ ވަޒީރުންނާއި ގައުމީ ސަލާމަތާ ބެހޭ މުޝީރު މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވައެވެ.
ދެގައުމުން ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައިސްފައިވާކަން އިއުލާންކޮށް، އެ އެއްބަސްވުމަށް މިއަދުގެ 5 ން ފެށިގެން އަމަލު ކުރަން ފަށާފައެވެ.
އިންޑިއާއިން ބުނަނީ އައިއެމްއެފްގެ ލޯނު ދިނުމާ މެދު ޓްރަމްޕް ވަނީ ޕާކިސްތާނަށް ހަމަލަތައް ހުއްޓާލުމަށް އެދި ޕްރެޝާކޮށްފައެވެ. ޕާކިސްތާނުން ވަނީ އިއްޒަތާއެކު ހަނގުރާމައިން ނިކުމެވުނީތީ ސިފައިންނަށް ޝުކުރު އަދާކުރާކަމަށް ބުނެ މަސްއޫލުވެރިން ފެންވަރުގައި ބަޔާންތައް ނެރެން ފަށާފައެވެ.
އިންޑިއާއާއެކު ހަނގުރާމަ ހުއްޓާލުމަށް އިއުލާންކުރިތާ މާގިނައިރުތަކެއް ނުވެ، ޕާކިސްތާނުން އެގައުމުގެ ވައިގެ ސަރަހައްދު ހުރިހާ ބާވަތެއްގެ ޓްރެފިކަށް ހުޅުވާލާނެކަން އިއުލާންކޮށްފި އެވެ.
އިންޑިއާއިން ފެށީ އޮޕަރޭޝްން ސިންދޫރު އެވެ. ޕާކިސްތާނުން ފެށި އޮޕަރޭޝަން ބުންޔާނުން މަރުޞޫޞް އެވެ. މެންދުރު 3.30 ގައި ދެފަރާތުގެ އަސްކަރީ އިސް ލިއޭޒަނުން އެއްބަޔަކު އަނެއް ބަޔަކަށް ގުޅައި ހަމަލަތައް ހުއްޓާލަން އެއްބަސްވިއެވެ. އަދި ވައިގެ މަގުންނާއި ކަނޑު މަގުންނާއި ބިންމަތިންވެސް ހަމަލާ ބަދަލު ނުކުރާން ނިންމީއެވެ. ދެފަރާތުން ދެން ދެވަނަ ބުރަށް ވާހަކަ ދައްކާނީ މޭ މަހުގެ 12 ވަނަ ދުވަހުގެ 1200 ގައެވެ.
މި ހަމަލަތައް ހުއްޓާލާފައި ވަނީ ޓްރަމްޕް ދަންވަރު ކުރެއްވި މަސައްކަތުން ކަމަށް އޭނާ ވިދާޅުވެއެވެ.
އިންޑިއާގެ ނޫސް އެޖެންސީ ޕީޓީއައި އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓެރަރިޒަމްގެ އެއްވެސް އަމަލަކީ އިންޑިއާއާ ދެކޮޅަށް ހިންގާ 'ހަނގުރާމައިގެ އަމަލެއް' ކަމަށް އިންޑިއާއިން ބަލާނެއެވެ.



