އިންޑިއާ ބުނަނީ 11 މަރުކަޒަށް ހަމަލަ ދިން ކަމަށް

މެއި މަހުގެ 8 އާއި 10 އާ ދެމެދު އިންޑިއާގެ ވައިގެ ސިފައިންގެ ޖެޓްތަކުން ޕާކިސްތާނުގެ 11 އަސްކަރީ ވައިގެ މަރުކަޒަކަށް ހަމަލަ ދިން ކަމަށް އިންޑިއާއިން ބުނެއެވެ. ނަމަވެސް ޕާކިސްތާނުން އެކަން ޔަގީން ކޮށްދީފައެއް ނުވެއެވެ ނަމަވެސް ބައެއް ހަމަލަތައް އަމޒުވިކަމަށް އެއްބަސްވެއެވެ.

އިންޑިއާއިން ބުނާ ގޮތުގައި އެގައުމުގެ ހަމަލަ އަމާޒުކޮށްފައި ވަނީ:

ނޫރު ޚާން (ޗަކްލާލާ)، ރަފީގީ، މުރީދު، ސުއްކޫރު، ސިއަލްކޮޓް، ޕަސްރޫރު، ޗުނިއަން، ސަރްގޯދާ، ސްކަރްޑޫ، ބޮލާރީ، އަދި ޖެކޮއާބާދަށެވެ.

މި ސައިޓްތައް ހޮވާފައިވަނީ ޑްރޯން ހަނގުރާމަ ކޮމާންޑް ސެންޓަރުތަކާއި، އެއާ ޑިފެންސް އަދި އެއާކްރާފްޓް ފޮނުވާ މަރުކަޒުތައްކަމަށް އެތަންތަން ވުމުންނެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އިންޑިއާގެ ވިންގް ކޮމާންޑަރު ވިއޮމިކާ ސިންގް ވިދާޅުވީ، އެންމެ މުހިންމު މަރުކަޒަކަށް އަމާޒު ކުރީ  ރާވަލްޕިންޑީގައި ހުންނަ ވައިގެ ސިފައިންގެ ޗަކްލާލާ ނޫރު ޚާން އެއާ ބޭސް އަށެވެ. މިއީ ޕާކިސްތާންގެ އެއާބޯން އަރލީ ވާނިން ސިސްޓަމްތަކާއި ސީ-130 ޓްރާންސްޕޯޓަރުތަކާއި ތެޔޮ އަޅާ އިލްޔޫޝިން 78 މަރުކާގެ ބޯޓުތައް ބާއްވާ މަރުކަޒެވެ.

އިންޑިއާގެ ވައިގެ ސިފައިންގެ އޮފިޝަލުން ބުނެފައި ވަނީ، ބޯޑަރު ހުރަސްކޮށް ދިން ހަމަލާތަކުގައި ނޫރު ޚާނަކީ، ޕާކިސްތާނުގެ ޑްރޯން އަދި މިސައިލް ހަމަލަތަކުގައި މައިގަނޑު ދައުރެއް އަދާކުރި މަރުކަޒެވެ.

ފާއިތުވި ދުވަސްތަކުގައި ޕާކިސްތާނުން އެތައް ސަތޭކަ ޑްރޯންތަކެއް ފޮނުވާލި ކަމަށް ވެއެވެ. އޭގެ ތެރެއިން ގިނަ ޑްރޯންތަކަކީ ޖާސޫސް ކުރުމަށް ބޭނުން ކުރާ ހަތިޔާރު ނެތް ޑްރޯންތަކެވެ. ނަމަވެސް އަނެއްބައި ޑްރޯންތަކުގައި ހަމަލަދޭ ދްރޯންތަކެވެ.

އިންޑިއާގެ ވައިގެ ދިފާއީ ނިޒާމުތަކުން އޭގެ ބޮޑު ބައެއް ހުއްޓުވި ކަމަށް ބުނެއެވެ. ޚާއްސަކޮށް ހުޅަނގު ބޯޑަރުގައި ހުރި 36 ލޯންޗް ސައިޓަކުން ފޮނުވި ސޮންގާ ޑްރޯންތައް ހުއްޓުވި ކަމަށް ބުނެއެވެ.

ޕާކިސްތާންގެ ރަފީގީ ބޭސްއަކީ މިރާޖް އަދި ޖޭއެފް-17 ފައޮޓަރ ޖެޓްތަކުގެ ސްކޮޑްރަންތައް ހުންނަ މަރުކަޒެވެ. މިއީ ޕަންޖާބާއި ކަޝްމީރަށް އަމާޒުކޮށްގެން ހިންގާ މިޝަންތަކަށް ފްލައިޓް ޓްރެއިނިން ފެސިލިޓީއެއްގެ ގޮތުގައި ވެސް ބޭނުން ކުރާ މަރުކަޒުތަކެވެ.

އިންޑިއާއިން ވަނީ ޕަންޖާބުގެ ދެކުނުގައި ހުންނަ ސުއްކޫރާއި ރަހީމް ޔާރް ޚާންގެ މަރުކަޒުތަކަށް ވެސް އަމާޒުކޮށްފަ އެވެ.

މިހާރު ދެގައުމުވެސް އިތުރަށް ހަނގުރާމައިގެ ދާއިރާ ފުޅާނުކޮށް ހުއްޓާލުމަށް އަވަސްވެގަތުމުން ދުނިޔެއިން ވަނީ މިކަމަށް މަރުހަބާ ކިޔާފައެވެ.

އިންޑިއާއިން ވަނީ ހަމަލަތައް ހުއްޓާލިއަސް ކުރިން ނިންމާފައިވާ ފެންބަންދު ކުރުމުގެ ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށް ބުނެފައެވެ. އިންޑިއއިން ވައިގެ ސަރަހައްދު ހުޅުވިކަމެއް ނޭނގެއެވެ. ނަމަވެސް މީހުންގެ ހަރަކާތަށް ކޮންޓްރޯލެއް ނެތް ކަމަށް ޕާކިސްތާނުން ބުނެއެވެ.

ޕާކިސްތާނުން ހަމަލަ ތައް ހުއްޓާލުމަށް އިއުލާން ކުރުމަށްފަހު އިންޑިއާއިން ދެމުންދާ ފަދަ އަޕްޑޭޓްތައް ދީފައެއް ނުވެއެވެ.

ހިއްސާ ކުރައްވާ!