ހަމަލަތައް ހުއްޓާލިކަން ދެ ފަރާތުން އިއުލާން ކުރިތާ ގަޑިއިރުތަކެއްގެ ތެރޭގައި، ޕާކިސްތާނުން ހަނގުރާމަ ހުއްޓާލުމާ ހިލާފުވެއްޖެ ކަމަށް އިންޑިއާއިން އިއުލާން ކޮށްފިއެވެ. ސްރީނަގަރުގައި ގޮވުމުގެ އަޑު އިވިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ޕަންޖާބާއި ރާޖަސްތާން އަދި ޖައްމޫ ކަޝްމީރު ހުރަސްކޮށް އާޓިލަރީ ބަޑިއާއި ހަތިޔާރު އެޅި ޑްރޯންތަކާއި މިސައިލް ބޭނުންކޮށްގެން ޕާކިސްތާނުން ބޮޑު ހަމަލާއެއް ދެމުންދާ ކަމަށް ވެސް އިންޑިއާ ސަރުކާރުން ބުނެއެވެ.
ސްރީނަގަރާއި ކަޝްމީރުގެ އުތުރުގައި އެތައް ގޮވުންތަކެއް ގޮވުމުގެ އަޑު އިވިފައިވާ ކަމަށް ޖަމްމޫ އެންޑް ކަޝްމީރުގެ ޗީފް މިނިސްޓަރު އުމަރު އަބްދުﷲ އެކްސްގައި ޕޯސްޓެއް ކުރައްވައި ވިދާޅުވިއެވެ. ޑްރޯންތައް ފެނިފައިވަނީ ޖަމްމޫ އެންޑް ކަޝްމީރުގެ ނައުޝެރާ، ސުންދަރުބާނީ އަދި އެހެނިހެން ހިސާބުތަކުގައި ކަމަށް ބުނެއެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މަސްރީވެސް ވަނީ، ޕާކިސްތާނުން ހަމަލަތައް ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފްވެފައިޥާކަށް ވިދާޅުވެފައެވެ. އޭނާ ވަނީ ނޫސްވެރިންނާ ވާހަކަ ދައްކަވާފައެވެ.
އިންޑިއާގެ މީޑިއާއާއި އިންޑިއާ ސަރުކާރާ ހަވާލާދީ ބުނެފައި ވަނީ އިންޑިއާއިން ޕާކިސްތާނަށް މިމައްސަލައާ ގުޅޭ ގޮތުން އިންޒާރު ކޮށްފައެވެ.



