ކަރަންޓު ކަނޑައި ސައިރަން އެޅުން ކުރިއަށް ގެންދާ ގޮތަށް ނިންމައިފި

ހަމަލަތައް އަމާޒު ކުރާ ކަމަށް ބުނެ، ޕަންޖާބުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބައެއް ޑިސްޓްރިކްޓްތަކުގައި ކަރަންޓް ކެނޑުމުގެ ފިޔަވަޅުތައް އަލުން އަލަން ފަށާފައެވެ. ޕަބްޖާބްގެ ހުޝިއާޕޫރު، ފީރޯޒްޕޫރު، ފާޒިލްކާ، ޕަޓާންކޮޓް، ޕަޓިއާލާ، މޮގާ އަދި މުކްސާރު ޑިސްޓްރިކްޓްތަކުގައި ކަރަންޓް ކަނޑައި ސިޓީތައް އަނދިރި ކުރުމުގެ މަސައްކަތް އަލުން ފަށައިފިއެވެ. މިފިޔަވަޅު އަޅާފައި ވަނީ އިންޑިއާ އާއި ޕާކިސްތާނުން ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމުން ޕަންޖާބުގެ ޑިސްޓްރިކްޓް އޮތޯރިޓީތަކުން ކަރަންޓް ކަނޑާލުމުގެ ފިޔަވަޅުތަކާއި މީހުންގެ ހަރަކާތްތައް ހަނި ކުރުމުގެ އަމުރުތައް އަނބުރާ ގެންދިޔަތާ ގާތްގަނޑަކަށް ދެ ގަޑިއިރު ފަހުންނެވެ.

އަމްރިޓުސާގެ ޑެޕިއުޓީ ކޮމިޝަނަރު ސަކްޝީ ސަހްނީ ވިދާޅުވީ "ހަނގުރާމަ ހުއްޓާލުމާ ހިލާފުވުމުގެ ރިޕޯޓްތައް ހުރުމުން މިއަދު ވެސް އެލާޓްގައި ތިބޭނަން" ކަމަށެވެ.

ހުޝިއާޕޫރާއި އެހެން ބައެއް ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޝަނުން ބުނީ މިރޭ 8.50 ން ފެށިގެން ބައެއް ހިސާބުތަކުގައި މެންދަމާ ހަމައަށް އަދި އަނެއް ބައި ހިސާބުތަކުގައި ފަތިސްވަންދެން ކެނޑުމާއި އެއާ ރެއިޑް ސައިރެން ޖަހަމުންދާ ކަމަށެވެ.

ހިއްސާ ކުރައްވާ!