އިންޑިއާގެ ޚާރިޖީ ވަޒީރާއި އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ފޯނު މަޝްވަރާތައް ބާއްވަވައިފިއެވެ. އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު އަޖިތު ޑޯވަލްއާއި ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީއާ ފޯނުން ވާހަކަ ދައްކަވަމުން ވިދާޅުވީ "ހަނގުރާމައަކީ އިންޑިއާގެ އިޚްތިޔާރެއް ނޫން ކަމަށާއި ހަނގުރާމައަކީ އެއްވެސް ޕާޓީއެއްގެ މަސްލަހަތަށް ޚިދުމަތް ކުރާނެ" ކަމެއް ނޫން ކަމަށެވެ.
އެ ވާހަކައަށް ފަހު އިންޑިއާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ސީޕީސީގެ މަރުކަޒީ ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯގެ މެންބަރު އަދި ސެންޓްރަލް ކޮމިޝަން ފޯ ފޮރިން އެފެއާޒްގެ އޮފީހުގެ ޑިރެކްޓަރު ވަންގް ޔީ އިންޑިއާގެ ގައުމީ ސަލާމަތުގެ އެޑްވައިޒަރު އަޖިތު ޑޯވަލްއާ ފޯނުން ވާހަކަ ދައްކަވާފައިވާ" ކަމަށެވެ.
ޑޯވަލް، ވަންގް ޔީއާ ވާހަކަ ދައްކަމުން ވިދާޅުވީ، ޕަހަލްގަމް ޓެރަރިސްޓް ހަމަލާގައި އިންޑިއާގެ ރައްޔިތުންނށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، އިންޑިއާއިން ޓެރަރިޒަމާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި އިންޑިއާއިން ހަނގުރާމައަށް ދިއުން އިޚްތިޔާރު ކުރަން ގަސްތު ނުކުރާ ކަމަށާއި، އެއީ އެއްވެސް ފަރާތެއްގެ މަސްލަހަތަށް ޚިދުމަތް ކުރާނެ ކަމެއް ނޫން ކަމަށެވެ. "އިންޑިޔާ އާއި ޕާކިސްތާނުން ވެސް ތިބީ ހަނގުރާމަ ހުއްޓާލަން ދެމެހެއްޓުމަށް ވައުދުވެ، ސަރަހައްދީ ސުލްހައާއި ހަމަޖެހުން އާލާކުރުމުގެ އުންމީދު،" ބަޔާނުގައިވެ އެވެ.
ޗައިނާގެ ފަރާތުން ޗައިނާގެ ފޮރިން މިނިސްޓަރު ވަނީ ޕަހަލްގަމް ޓެރަރިސްޓް ހަމަލާ ކުށްވެރިކުރައްވައި ހުރިހާ ގޮތަކުން ޓެރަރިޒަމުގެ އަމަލުތަކާ ދެކޮޅު ހައްދަވާފައެވެ.
"އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މިހާރު އޮތް އުނދަގޫ އަދި ނުތަނަވަސް ބައިނަލްއަގްވާމީ ހާލަތަށް ބަލާއިރު، އޭޝިއާގެ ސުލްހައާއި ހަމަޖެހުމަކީ ބުރަ މަސައްކަތުން ހޯދިފައިވާ އަދި ސަރަހައްދުގެ ގައުމުތަކުން ލޯބި ކުރަންޖެހޭނެ ކަމެއް ކަމަށެވެ. އިންޑިއާ އާއި ޕާކިސްތާނަކީ އެހެން ތަނަކަށް ބަދަލު ނުކުރެވޭނެ ދެ އަވަށްޓެރި ދެ ގައުމު ކަމަށާއި، އަދި ދެގައުމަކީ ވެސް ޗައިނާގެ އަވަށްޓެރި ގައުމުތަކެއް ކަމަށެވެ. އަދި އިތުރަށް މަސްރަޙު ނުތަނަވަސް ވުމާއި ގޯސްވުމުން ދުރުހެލިވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ." ބަޔާނުގައިވެ އެވެ.
ވަންގް ޔީ ވަނީ ދެ ގައުމުގެ އަސާސީ މަސްލަހަތާއި ބައިނަލްއަގްވާމީ މުޖުތަމައުގެ ހިއްސާވާ އުންމީދުތަކުގެ ތެރޭގައި ހިމެނޭ މަޝްވަރާތަކުގެ ތެރެއިން ފުރިހަމަ އަދި ދެމެހެއްޓެނިވި ހަނގުރާމަ ހުއްޓާލުމެއް ހޯދުމަށް އިންޑިއާ އާއި ޕާކިސްތާނަށް ޗައިނާގެ ތާއީދު އޮތް ކަން ފާޅު ކުރައްވާފަ އެވެ.






