ނަރުހުންގެ އަގު ވަޒަން ކުރައްވައި، އިތުރު އެހީތެރިކަން ދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ

ވަރުބަލިވުމެއް ފޫހިކަމެއްނެތި ނަރުހުން އަދާކުރާ ބޮޑު މަސްއޫލިއްޔަތުގެ އަގު، މީގެ ކުރީގެ އެހެން އެއްވެސް ދުވަސްވަރެއްގައި ވަޒަން ނުކުރާ މިންވަރަށް މި ސަރުކާރުން ވަޒަން ކުރާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ނަރުހުންގެ ދުވަހާގުޅިގެން ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވެ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ފަރުވާ ދިނުމަށް ހަސްފަތާލުތަކުން މަރްޙަބާ ކިޔައި އަދި ބަލި ފަސޭހަވެ އެނބުރި ދިއުމާއި ހަމަޔަށް ޚިދުމަތުގައި ދެމި ތިބެނީ މުރާލި ނަރުހުންކަން ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި، މި ސަރުކާރުން ނަރުހުންގެ އަޑު އަހައި އިޖާބަދޭނެކަމަށާއި، ނަރުހުންނަށް ފައިދާ ހުރި އެތައްކަމެއް، އިސްކަންދީގެން، މި ސަރުކާރުން ފަހިކޮށްދޭނެކަމުގައިވެސް ވިދާޅުވިއެވެ.

ނަރުހެއްގެ މަސައްކަތަކީ ވަށައިޖެހި، އެތައްކަމެއް އެކުވެފައިވާ، ބޮޑު މަސްއޫލިއްޔަތެކެވެ. ނަރުހުންގެ ޚިދުމަތަކީ، ދެވޭ މުސާރައަކަށްވުރެ، އެ ޚިދުމަތަށް ލިބޭ ސަވާބާއި ދަރުމަ، އަދި އަނެކުންގެ ފުށުން ލިބޭ ހިތްހެޔޮކަމާއި ހެޔޮ ދުޢާ، އެތައް ގުނައަކަށް އިތުރު، މާތް މަސައްކަތެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ މި ސަރުކާރުން ނަރުހުންގެ އަޑު އަހައި އިޖާބަދޭނެކަމުގައި ވިދާޅުވެފައިވެއެވެ. އަދި ނަރުހުންނަށް ފައިދާ ހުރި އެތައްކަމެއް، އިސްކަންދީގެން، މި ސަރުކާރުން ފަހިކޮށްދޭނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ނަރުހުންގެ ދުވަހާ ގުޅިގެން ރައީސް މުޢިއްޒު ދެއްވި މި މެސެޖުގައި، ނަރުހުންގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ އިތުރުން، އެ ފަރާތްތަކަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެއްވައެވެ.

މައުލޫމާތާއި ފޮޓޯ: ރައީސް އޮފީސް

ހިއްސާ ކުރައްވާ!