އެމެރިކާއާއި ޗައިނާއިން ޑިއުޓީ ކުޑަ ކުރަން އެއްބަސްވެއްޖެ

އެމެރިކާ އާއި ޗައިނާއިން އެއް ގައުމު އަނެއް ގައުމުގެ އުފެއްދުންތަކުން ނަގާ ޓެރިފް ވަގުތީ ގޮތުން ދަށްކުރާނެ ކަމަށް އެއްބަސްވެއްޖެ އެވެ.

ޗައިނާގެ ގިނަ އިމްޕޯޓްތަކުން އެމެރިކައިން ނަގާ %145 ގެ ޓެރިފް މި ބުދަ ދުވަހުގެ ނިޔަލަށް ފެންޓަނައިލްއާ ގުޅިފައިވާ ރޭޓް ހިމެނޭ ގޮތަށް %30 އަށް ދަށްކުރާނެއެވެ.

އެމެރިކާގެ މުދަލަށް ޗައިނާއިން ނަގާ %125 ގެ ޑިއުޓީ %10 އަށް ދަށްކުރާނެ ކަމަށް ހޯމަ ދުވަހު ޖެނީވާގައި ބޭއްވި މަޝްވަރާތަކުގައި އެއްބަސްވެފައި ވެއެވެ.

ހިއްސާ ކުރައްވާ!