އިންޑިއާ އަދި ޕާކިސްތާނުގެ މިލިޓަރީ އޮޕަރޭޝަންސް ވެރިން މަޝްވަރާކުރައްވައިފި،

އިންޑިއާ އަދި ޕާކިސްތާނުގެ މިލިޓަރީ އޮޕަރޭޝަންސް ވެރިން މަޝްވަރާކުރައްވައިފި ކަމަށް އިންޑިއާގެ ސިފައިން އިއުލާން ކޮށްފިއެވެ. އިންޑިއާ ސިފައިންނާ ހަވާލާދީ އިންޓަރނޭޝަނަލް މީޑިއާއިން ރިޕޯޓުކުރި ގޮތުގައި، އިންޑިއާ އަދި ޕާކިސްތާނުގެ މިލިޓަރީ އޮޕަރޭޝަންސް ވެރިން ވަނީ މިއަދު ހޯމަ ދުވަހު ފޯނުން ވާހަކަދައްކަވައިފައެވެ.

މިފަހަކަށް އައިސް ދެ ޤައުމުގެ ބޯޑަރުގައި ފުރަތަމަ ފަހަރަށް އެންމެ އަމާން ރޭ ކަމުގައި ވެފައި ވަނީ ރޭ ކަމަށް އިންޑިއާގެ ސިފައިން ބުނެއެވެ. އަދި ދެފަރާތުންވެސް އެެއްވެސް ގޮއްވުމެއް ގޮއްވާފައި ނުވާ ކަމަށާއި އަދި މިސައިލެއް ދޫކޮށްލި ކަމުގެ ރިޕޯޓެއް ވެސް ކޮށްފައެއް ނުވެއެވެ.

އިންޑިއާގެ ސީ.އެން.އެން-ނިއުސް18 އިން ސަރުކާރުގެ އިސް ފަރާތްތަކަކާ ޙަވާލާދީ ރިޕޯޓުކުރި ގޮތުގައި، ސިފައިންގެ ދެ ވެރިންގެ މަޝްވަރާގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމާ މެދު އަލިއަޅުވާލެވުނެވެ. އަދި ވިޔަފާރި ހުއްޓާލުމާއި ބޯޑަރުތައް ބަންދުކުރުން ހިމެނޭ ގޮތަށް އެ ދެ ޤައުމުން އެއް ޤައުމުން އަނެއް ޤައުމަށް ކުރިން ކޮށްފައިވާ ހަނިކުރުންތައް އަދިވެސް ދެމިއޮތް ކަމަށް އެ ޗެނަލުން ބުނެފައިވެއެވެ.

އެ މަޝްވަރާގެ ތަފްސީލުތައް އަވަހަށް ހިއްސާކުރާނެ ކަމަށް އިންޑިއާގެ ސިފައިން ބުނެފައިވެއެވެ. ރޮއިޓަރސް އިން ބުނާ ގޮތުގައި، ޕާކިސްތާނުގެ ސިފައިންގެ މީޑިއާ ޔުނިޓުން މި ކަމާ ގުޅޭ ގޮތުން ކޮމެންޓަކަށް އެދުމުން ވަގުތުން ޖަވާބެއް ދީފައެއް ނުވެއެވެ.

ހިއްސާ ކުރައްވާ!