ސެމްސަންގއިން އެޕަލްއާ ވާދައަށް ފޯނެއް ނެރެފި

ސެމްސަންގް އިލެކްޓްރޯނިކްސް އެޕަލް ކުންފުނީގެ ފޯނާ ވާދައަށް ދުނިޔޭގެ އެންމެ ލުއި އަދި މަސްނޫއީ ބުއްދި (މަބް) ހިމެނޭ ފޯނު ނެރެފިއެވެ. މިއީ މިހާތަނަށް އުފެއްދި އެންމެ ލުއި ފޯނެވެ.

އެސް25 އެޖް ފަރުމާކޮށްފައިވަނީ ޚާއްސަކޮށް އުމުރު ފުރައިން ވީހާއި ތިރީހުގެ އަހަރުތަކުގެ އިންސާނުންނަށެވެ.

މި ފޯނު، އެސް25 އެޖް ދެކުނު ކޮރެއާގައި ވިއްކަން ފަށާނީ މެއި މަހުގެ 23 ވަނަ ދުވަހު އެވެ. އަދި އެމެރިކާގައި މެއި މަހުގެ 30 ވަނަ ދުވަހު އެވެ. ޗައިނާ އާއި ޔޫރަޕާއި އެހެން 30 ގައުމަކަށް އެސް25 އެޖް ވިއްކަން ފަށާނީ އެއަށްފަހުއެވެ.

ގާތްގަނޑަކަށް. 1،099 ޑޮލަރުން ފެށޭ މި މޮޑެލްގައި 6.7 އިންޗީގެ ސްކްރީނެއް ހުންނައިރު މިއީ 5.8 މިލިމީޓަރުގެ ތުނި ފޯނެކެވެ.

އެސް25 އެޖްގައި ސެމްސަންގްގެ އެންމެ ފަހުގެ ބިލްޓް-އިން މަބްގެ ފަންކްޝަންތައް ހިމެނޭނެ އެވެ. އަދި، ކެމެރާ ބޭނުންކޮށްގެން ސުވާލު ކުރުމާއި، މީހާގެ މަންޒަރާއި އަޑުން ވަގުތުން ފޯނާ މުއާމަލާތު ކުރެވޭނެއެވެ.

މި މޮޑެލް އުފައްދާފައި ވަނީ ކޮންތާކުކަން ސެމްސަންގއިން ހާމައެއް ނުކުރެއެވެ.

ކައުންޓަރޕޮއިންޓް ރިސާޗުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދުނިޔޭގެ ބާޒާރުގެ 20 ޕަސެންޓް ކޮންޓްރޯލު ކޮށްފައި ވަނީ ސެމްސަންގއިންނެވެ. އަދި އެޕަލްގެ އޮތީ 19 ޕަސެންޓް ހިއްސާ އެވެ.

ހިއްސާ ކުރައްވާ!