އިންޑިއާއިން ޕާކިސްތާންގެ ޑިޕްލޮމެޓަކު ގައުމުން ބޭރުވާން އަންގައިފި

ނިއުދިއްލީގައި ހުންނަ ޕާކިސްތާން ހައި ކޮމިޝަނުގައި މަސައްކަތްކުރާ އޮފިޝަލަކު އިންޑިއާއިން ބޭރުވާން އަންގައިފިއެވެ. އޭނާއަށް ތުހުމަތުކޮށްފައި ވަނީ އޮފީހުގެ ވާޖިބުން ބޭރުގެ މަސައްކަތުގައި ހަރަކާތްތެރި ވުމެވެ. އަދި 24 ގަޑިއިރުގެ ތެރޭގައި އިންޑިއާއިން ފުރައިގެން ދިއުމަށް އަންގާފައިވާ ކަމަށް މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް އިން ބުނެފައި ވެއެވެ. ނަމަވެސް އެ އޮފިޝަލްގެ ނަމެއް އަދި އޭނާއަށް ތުހުމަތު ކުރެވޭ އަމަލުތަކުގެ ތަފްސީލެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

މިއީ އޭޕްރީލް 22 ވަނަ ދުވަހު ޕަހަލްގަމްގައި ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގައި މަރާލި 26 މީހުން ގެ ހާދިސާއަށްފަހު ނިއުދިއްލީން ހިންގި އޮޕަރޭޝަން ސިންދޫރަށް ފަހު އިންޑިއިން ބޭރުކުރި ފުރަތަމަ ޕާކިސްތާން މީހާއެވެ. އެ ހާދިސާއަށް ފަހު އޭޕްރީލް 23 ވަނަ ދުވަހު އިންޑިއާއިން ޑިޕްލޮމެޓިކް ހަމަލާތަކެއް އިއުލާން ކޮށް، ޕާކިސްތާނުގެ ހައި ކޮމިޝަންގެ ސްޓާފުންގެ އަދަދު 55 އިން 30 އަށް ދަށްކުރި އެވެ. އަދި އެމީހުން ފުރައިގެން ދިއުމަށް އެއް ހަފްތާގެ މުއްދަތެއް ދިނެވެ.

ހިއްސާ ކުރައްވާ!