ޕާކިސްތާނުން އިންޑިއާއާ ދެކޮޅަށް ޑްރޯން ބޭނުން ކުރަމުންދޭ

"އޮޕޮޕަރޭޝަން ސިންދޫރު" އަކީ ޕަހަލްގާމްގައި ހިނގި ޓެރަރިސްޓް ހަމަލާގެ ބަދަލު ހިފުމަށް ފެށި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުން އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދުގައި އޮތް ހަނގުރާމައިގެ ހާލަތގެ ސިފަ ބަދަލުވެ، ހަނގުރާމައިގެ މައިދާނުގައި ޑްރޯން ބޭނުންކުރުން އިތުރުވެގެން ހިނގައްޖެއެވެ.

އެންޑީޓީވީގެ ލިޔުމެއްގައި ފާހަގަކޮށްފައިވާ ގޮތުގައި ޕާކިސްތާނުން ޑްރޯން ބޭނުންކުރި ގޮތަކީ 10 އަހަރު ކުރިން އައިސިސްއިން ޑްރޯން ބޭނުންކުރި ގޮތާ އެއްގޮތަށެވެ.  ޕާކިސްތާނުން 300-400 އާ ދެމެދުގެ އަދަދަކަށް ތުރުކީގައި އުފައްދާފައިވާ އަސިސްގާޑް ސޮންގަރ ޑްރޯން ބޭނުންކޮށްފައިވެއެވެ.

މި ޑްރޯންތައް ބޭނުންކޮށްފައިވަނީ އިންޑިއާގެ އިންސްޓޮލޭޝަންތަކަށް ހަމަލާދިނުމަށާއި އެ ޤައުމުގެ ވައިގެ ދިފާޢީ ނިޒާމުގެ ޗާޓް ކުރެހުމަށެވެ. އިންޑިއާއިން ޓެރަރިސްޓް ކޭމްޕްތަކަށް ހަމަލާދިނުމަށް ބޭނުންކޮށްފައިވަނީ ސްކެލްޕް އަދި ހެމަރ ފަދަ ޕްރިސިޝަން މިއުނިޝަންސްއެވެ.

މި ގްރޭ-ޒޯން ހަނގުރާމައަކީ އައިސިސްއިން ކޮމާޝަލް ކުއަޑްކޮޕްޓަރުތައް ބަދަލުކޮށްގެން ހަމަލާދިނުމަށް ބޭނުންކުރި ގޮތުން އައިޑިއާ ލިބިގެން ކުރެވުނު ހަނގުރާމައެކެވެ. މިކަމުން ޑްރޯންތަކުގެ އަގުހެޔޮކަމާއި އާންމު ދިފާޢީ ނިޒާމުތަކަށް ގޮންޖެހުމުގެ ޤާބިލުކަން ހާމަވެގެން ދިޔައެވެ.

މި ނާޒުކު ހާލަތު ހުއްޓުމަކަށް އައިސްފައިވީ ނަމަވެސް، ޕާކިސްތާނުގެ ޑްރޯންތަކުން އިންޑިއާގެ އެއަރ ސްޕޭސް ކޮންމެ ރެއަކުވެސް ހުރަސްކުރަމުންދާކަމަށް ބުނެއެވެ. މިކަމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ގުޅުން އިތުރަށް ގޯސްވަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕާކިސްތާންގެ ޑްރޯން ބޭނުން ކުރުމުގައި ތުރުކީގެ ދައުރު ވަރަށް ބޮޑެވެ. އެ ޤައުމުން ޕާކިސްތާނަށް ބޭރަކްދާރް ޓީބީ-2 ފަދަ ޑްރޯންތައް ފޯރުކޮށްދީފައި ވެއެވެ. މިކަމުގެ ސަބަބުން މި ހަނގުރާމައިގައި ޓެކްނޮލޮޖީގެ ދައުރު އިތުރަށް ފުޅާވެގެން ދިޔައެވެ. އޮޕަރޭޝަން ސިންދޫރުގެ ސަބަބުން ޕާކިސްތާނުން މިފަދަ ޓެކްޓިކްސްތަކަށް ބަރޯސާވާ މިންވަރު ހާމަވެ، މި ޒަމާނުގެ ހަނގުރާމައިގެ ޑައިނަމިކްސް އަލުން ބައްޓަންވެގެން ގޮސްފައި ވެއެވެ.

ހިއްސާ ކުރައްވާ!