އޮޕަރޭޝަން ސިންދޫރުއާ ބެހޭ ގޮތުން މިލިޓަރީ އެޓާޗޭތަކަށް މައުލޫމާތު ދީފި

އޮޕަރޭޝަން ސިންދޫރުއާ ބެހޭ ގޮތުން 70 ގައުމެއްގެ އެމްބަސީއަށް ކަނޑައަޅާފައިވާ ބޭރުގެ އަސްކަރީ އެޓާޗޭއިންނަށް މައުލޫމާތު ދީފިއެވެ. މި މައުލޫމާތު ދީފައި ވަނީ ދިއްލީގެ މަނެކްޝޯ ސެންޓަރުގައި އިންޑިއާގެ ޑިފެންސް އިންޓެލިޖެންސް އެޖެންސީގެ ޑިރެކްޓަރު ޖެނެރަލް ލެފްޓިނެންޓް ޖެނެރަލް ޑީއެސް ރާނާ އެވެ.

އޭޕްރީލް 22 ވަނަ ދުވަހު ޕަހަލްގަމްގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މެއި މަހުގެ ހަތް ވަނަ ދުވަހު އިންޑިއާއިން ފެށި އޮޕަރޭޝަންގައި ޕާކިސްތާނާއި ޕާކިސްތާނުން ހިފާފައިވާ ކަޝްމީރުގެ ނުވަ ޓެރަރިސްޓް ސައިޓަކަށް އަމާޒުކޮށް 100 އަށް ވުރެ ގިނަ ޓެރަރިސްޓުން ނައްތާލައި ޕާކިސްތާނުގެ 11 ވައިގެ މަރުކަޒަކަށް ގެއްލުން ދިން ގޮތުގެ އޮޕަރޭޝަން ކުރިއަށް ދިޔަ ގޮތް ކިޔައި ދެވުނެވެ.

ޖައްވީ، ސައިބަރ، އަދި އިލެކްޓްރޯނިކް ޑޮމެއިންތައް ހިމެނޭ ގޮތަށް މަލްޓި ޑޮމެއިން ހަނގުރާމައިގައި އިންޑިއާގެ ސިފައިން ކަން ކުރި ގޮތާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކަށް ރަނާ އަލިއަޅުވާލެއްވި އެވެ.

ޕާކިސްތާނަށް ހަތިޔާރު ފޯރުކޮށްދޭ ޤައުމުތައް ކަމަށްވާ ޗައިނާ އާއި ތުރުކީން ޑްރޯންތަކާއި މިސައިލްތައް ސަޕްލައި ކޯށްދީފައި ވާތީ އެ ދެގައުމު ވަނީ މި މައުލޫމާތު ދިނުމުގެ ސެޝަނުން ބާކީ ކޮށްފައެވެ.

މި ބްރީފިންގައި ޕްރޮޕެގެންޑާގެ މައުލޫމާތު ފެތުރެމުންދާ ގޮތާއި އެކެމްޕޭނާ ދެކޮޅަށް އިންޑިއާއިން އެޅި ފިޔަވަޅުތައްވެސް ކިޔައި ދިނުން އޮތެވެ.

ހިއްސާ ކުރައްވާ!