ހުނަރުވެރިންނާ އެކު އަރައިރުމަކަށް ދިއުމުން ލިބޭނީ ހުތުރުނަން

މައްސަލައެއްގައި އުޅުމާއި އަދި ދައުލަތަކާ ދެކޮޅަށް ދައުވާއެއްކޮށް އިޝްތިހާރު ވެގަތުމަކީ، ހުނަރުވެރިއެއްގެ އިއްޒތުއްނަފްސު ތަންދޭފަދަ ކަމަކަށް ނުވާނެއެވެ. އެހެންނަމަވެސް، އޮކްސްފޯޑު ޔުނިވާސިޓީން މާލީ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރައްވާފައިވާ ނޮއެލް ގްރެގާ ޕެޓާސަން ޖޯންސްއަށް މިހާރު މި ވަނީ އެމަގުން ހިނގާން ޖެހިފައެވެ.

އޭނާ ހުންނެވީ ޑިވެލޮޕްމެންޓް ބެންކު އޮފް މޯލްޑިވްސްގެ ސީއީއޯގެ މަޤާމުގައެވެ. އެ މަގާމުން އިސްތިއުފާ ދެއވީ، މޗް 23ގައެވެ. ޕެޓާސަން ޖޯންސް، ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް 7 އެޕްރީލްގައި މައްސަލަ ހުށަހެޅުއްވީ، މުސާރަ އާއި އިނާޔަތްތައް ނުލިބިގެންނެވެ. އޭނާގެ މައްސަލަ ޓްރައިބިއުނަލުން ބާޠިލު ކުރީ ދިވެހި ނޭނގޭތީ ތަރުޖުމާނަކު ހޯދަން ދިން މުއްދަތުގައި އޭނާއަށް އެކަން ކުރެވިފައި ނުވާތީއެވެ.

ދެފޮޅުވަތް ދޭތެރޭ ކިޔާލުމުން ތަސައްވުރު ވަނީ، ދުނިޔެ މަތީ ސުވަރުގެ ކަމަށް ބޭރު ޤައުމުތަކާއި ވިލާތުގައި އިޝްތިހާރު ކުރާ ރާއްޖެއަށް ރީތި ނަމެއް ނޫނެވެ! އަދި އިންވެސްޓަރަކަށް ދެވޭ ކޮންފިޑެންސެއްވެސް ނޫނެވެ!

އޭނާއަކީ، ރައީސް މުޢިއްޒުގެ އިގްތިޞާދު ސިންދަފާތު ކުރުމުގެ މާރެސްގެ ދަށުން އުފައްދަވާފައިވާ ޑިވެލޮޕްމެންޓް ބެންކު އޮފް މޯލްޑިވްސް ގެ ފުރަތަމަ ސީއީއޯއެވެ. އޭނާ ވަނީ ސައުދީ އަރަބިއްޔާގެ ނެޝަނަލް އިންސްފްރާސްޓްރަކްޗާ ފަންޑުގެ ޗީފް އިންވެސްޓްމެންޓް އޮފިސަރުގެ މަގާމު ވެސް ފުރުއްވާފައެވެ. އަދި ޔޫކޭ ގްރީން އިންވެސްޓްމެންޓް ބޭންކުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވާފައެވެ.

ފޮޓޯ: ރައީސް އޮފީސް

ހިއްސާ ކުރައްވާ!