އޭޓީއާރް ކުންފުނިން އުފައްދާފައިވާ 72-600 މަރުކާގެ ބޯޓުގައި ދަތުރުކުރި ފަސިންޖަރުން ބިރުވެރި ދަތުރެއް ނިންމާލައިފިއެވެ.
ޓައިވާންގެ ކިންމެން ޖަޒީރާއަށް ދިޔަ ފަސިންޖަރުންނަށް ބިރުވެރި ޝޮކެއް ލިބުނީ އެމީހުންގެ ބޯޓުގެ އިންޖީނުގެ ކަވަރު ވައިގެ ތެރޭގައި ފަޅައިގެން ދިޔަތަން ފެނުމުންނެވެ. ސިއްސުވާލާފަދަ މަންޒަރުތަކެއްގައި އޭޓީއާރު 72-600 ގެ މަތިންދާބޯޓުގެ އިންޖީނުގެ ކަވަރު ނެއްޓިގެން ބޯޓުގެ ބުރަފަތީގައި ޖެހެމުން ލޮޅެމުން ދިޔައެވެ. ބޯތުގެ އެތެރޭގައި ތިބި މީހުންނަށްވެސް އެކަން އިޙުސާސްވެ އެންމެން މަންޒަރު ބަލަން ދިމާކުރިއެވެ.
މިހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހު ހެނދުނު ކައޯސިންގް އިންޓަނޭޝަނަލް އެއާޕޯޓުން އޭޓީއާރް ބޯޓު ފުރައިގެން ދިޔަތާ މާގިނައިރުތަކެއް ނުވެ އެވެ.







