އިންޑިއާއިން 48 މެންބަރުންގެ ހުރިހާ ޕާޓީތަކެއް ހިމެނޭ ޕާލިމެންޓަރީ ވަފުދެއް ބޭރު ގައުމުތަކަށް 22 އޭޕްރިލް ގައި ފޮނުވަން ނިންމައިފިއެވެ. މިއީ ޕަހަލްގާމްގައި ހިނގި ޓެރަރިސްޓް ހަމަލާއާއި، އޭގެ ބަދަލު ހިފުމުގެ ގޮތުން 7 މެއި ގައި ޕާކިސްތާނާއި ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ ކަޝްމީރުގައި ހުރި 9 ޓެރަރިސްޓް ކޭމްޕަކަށް ދިން ހަމަލާ، އޮޕަރޭޝަން ސިންދޫރުގެ މަޢުލޫމާތު ދިނުމަށް ފޮނުވާ ވަފްދު ތަކެކެވެ.
ޕަހަލްގާމްގެ ހަމަލާގައި 26 އާންމު ރައްޔިތުން މަރުވިއެވެ. ޕާލިމެންޓަރީ އެފެއާޒް މިނިސްޓްރީގެ އިންތިޒާމުގެ ދަށުން ފޮނުވާ މި ވަފުދުތަކުގައި ޝަޝީތަރޫރު ފަދަ މެންބަރުން ހިމެނޭނެއެވެ. އޭނާއަކީ އދގެ ކުރީގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނަރަލްއެކެވެ.
އަދި މި ވަފުދުތައް 22 މެއި އިން ފެށިގެން އެމެރިކާ، އިނގިރޭސިވިލާތް، ޤަތަރު އަދި ޔޫއޭއީ ދެކނު އޭޝިއާ، ޖަޕާން މެލޭޝިއާ ދެކުނު ކޮރެއާ ފަދަ ޤައުމުތަކަށް ޒިޔާރަތްކޮށް، ޕާކިސްތާނުގެ ޓެރަރިސްޓް ހަރަކާތްތަކަށް ތުހުމަތުގެ މައުލޫމާތު ދޭނެއެވެ.
މިޓީމުތަކުގައި އިދިކޮޅު ޕާޓީތަކުންވެސް މެމްބަރުން ހިމަނާފައިވާއިރު، މުސްލިމުންވެސް ބައިވެރިކޮށްފައި ވެއވެ. އޭގެ ތެރޭގައި ބީޖޭޕީގެ ކުރީގެ ތަރުޖަމާން އެމްޖޭ އަކްބަރާއި ޝީއީ މުސްލިމު ލީޑަރު އަސަދުއްދީން އުވައިސީ ހިމެނެއެވެ.


