ރިޔާޒުގެ ކިންގް އަބްދުالله ސްޕެޝަލިސްޓް ހޮސްޕިޓަލުގައި ގާތްގަނޑަކަށް 16 ގަޑިއިރު ވަންދެން ކުރިއަށް ގެންދިޔަ ނާޒުކު ސާޖިކަލް ޕްރޮސީޖަރަކަށް ފަހު ބޮލުން ގުޅިފައިވާ އެރިޓްރިއާ ޓްވިންސް ކަމަށްވާ އަސްމާ އާއި ސުމައްޔާ ކާމިޔާބުކަމާއެކު ވަކިވިކަން އިއުލާން ކޮށްފިއެވެ.
މިއީ ދުނިޔޭގެ 27 ގައުމަކުން ކުޑަކުދިން އޮޕަރޭޝަންކޮށް ވަކި ކުރުމަށް ހިންގާ ސައުދީ ކޮންޖޮއިންޑް ޓްވިންސް ޕްރޮގްރާމްގެ ދަށުން ހިންގި 64 ވަނަ އޮޕަރޭޝަން އެވެ.






