ކޯވިޑް ޖެހޭ މިންވަރު އިތުރު ވަނީ

މިދިޔަ ހަފުތާތަކުގައި ކޮވިޑް ޖެހިގެން ރިޕޯޓުކުރެވުނު މިންވަރު އިތުރުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. ކޮވިޑާއެކު މިދުވަސްވަރު އާންމުކޮށް ފެތުރޭ ވައިރަލް ރޯގާއާއި ޑެންގޫ ވެސް ގިނައިން ރިޕޯޓު ކުރާ ކަމަށް ބުނެފައި ވެއެވެ.

ސަލާމަތާއި ރައްކާތެރިކަން ހޯދުމަށް އެޗްޕީއޭ އިން ވަނީ އިލްތމާސް ކޮށްފައެވެ. އަދި ޙާލަތު ބެލުމަށް ފަހު އިތުރު ތަފުސީލު ހާމަކުރަމުން ގެންދާނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

މި އިއުލާނާއެކު، މިދުވަސްވަރު އިންޑިއާގައި ދިވެހިން އާންމުކޮށް ގޮސްއުޅޭ ޓްރިވެންޑްރަމާއި ކޮއްޗޭގައި މި ބަލި އުޅޭކަމަށް ރިޕޯޓުކޮށްފައި ވެއެވެ. އަދި މެލޭޝިއާއާއި ތައިލެންޑު އަދި ސިންގަޕޫރުގައިވެސް ކޯވިޑް ފެތުރެމުން ދެއެވެ.

ހިއްސާ ކުރައްވާ!